ނުބައި އެކުވެރިންނަށް ސަމާލުވޭ! ހަސަދައަކީ މީހާ ކުރާ މަސައްކަތް ގައުކޮށް ހިލަކޮށްލާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނުބައި އެކުވެރިންނަށް ސަމާލުވޭ! ހަސަދައަކީ މީހާ ކުރާ މަސައްކަތް ގައުކޮށް ހިލަކޮށްލާ ކަމެކެވެ!

ދިރިއުޅުމުގަ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާއިރު ތިމާގެ ފެންވަރުން ކުރިމަތިލާށެވެ! އެހެން މީހުންގެ ފެންވަރަށްވެސް ފާޑުކިޔުމަށްވެސް ނުބަލާށެވެ! މީހުން ފާޑުނުކިޔާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ! 

އެންމެ ގިނައިން ފާޑުކިޔާނީ އަމިއްލައަށް އެއްވެސް ޙާޞިލުކުރަން މަސައްކަތްކުރުމުގެ ހިތްވަރު ނެތް ކަންނެތް މީހުންނެވެ. ކަންނެތްކަމުން ފަރުޟު 5 ނަމާދުވެސް ނުކުރާމީހުންނެވެ. ފަރުވާކުޑަކަމުން އަމިއްލަ ޒިންމާތައްވެސް ނުއުފުލޭ މީހުންނެވެ. 

ކާމިޔާބު ލިބެނީ ދަރަޖައަކުން ދަރަޖައަކުން މަތިވުމަށް މަސައްކަތްކުރާ މީހުންނަށެވެ! ވީމާ ފުރަތަމަ އެންމެ މަތީ ދަރަޖައަށް އަރަން މަސައްކަތްނުކުރާށެވެ! ސިޑިން އަރާއިރު ހަރުފަތަކުން ހަރުފަތަކުން އަރަން އެހުންނަނީ ސަބަބެއް އޮތުމުންނެވެ. 

އެންމެ މުހިންމީ ރަނގަޅު މީހުންނާއިއެކުގައިވުމެވެ. އެއިރުން ޙަސަދަވެރިއެއް ނުވާނެއެވެ! ކޮށްދޭނީ ހެޔޮ ދުޢާއެވެ! ނުބައި އެކުވެރިންގެ ހަސަދައަކީ މީހާ ކުރާ މަސައްކަތް ގައުކޮށް ހިލަކޮށްލާ ކަމެކެވެ. 

ނުބައި އަމަލުތައްކުރާ މީހުންނާއިއެކުގައި ނޫޅެ އެފަދަ މީހުންނާއި ދުރުހެލިވުމަށް ރަސުލް (ޞޢވ) ބާރުއަޅުއްވަވައި ވަޞިއްޔަތްކުރައްވަވާފައި އެވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކަށް އެކަމުން އަސަރުކުރާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން