ޢަޛާބަށް ބިރުވެތިވޭ! ދަރިންގެ މެދުގަ ކިތަންމެ ކުޑަމިންވަރަކުން ތަފާތުކުރުމުން ވެސް ވަގުތުން ހަމަހަމަކުރަން ޙަދީޘްކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢަޛާބަށް ބިރުވެތިވޭ! ދަރިންގެ މެދުގަ ކިތަންމެ ކުޑަމިންވަރަކުން ތަފާތުކުރުމުން ވެސް ވަގުތުން ހަމަހަމަކުރަން ޙަދީޘްކުރެއްވެވި!

އެއް ދުވަހަކު މީހަކު އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ރަސޫލް (ޞޢވ) ގެ ކުރިފުޅުމަތީގައި އޭނާގެ ބޮލުގައި ފިރުމައިލުމަށްފަހު އިށީނދެ ކަނައަތު ފައިމަތީގައި ދަރިފުޅު ބެއިންދިއެވެ. އެވަގުތު އޭނާގެ އަނހެން ދަރިފުޅު ވަދެގެން އަިސް ބައްޕަ ގާތުހުއްޓުމުން ބޮލުގައި ފިރުމައިލުމަށްފަހު އޭނާގެ ގާތުގައި ބެއިންދިއެވެ. 

އެވަގުތު އޭނާގެ އަނެއްފައިމަތީގައި އަނހެންދަރިފުޅު ނުބެއިންދީތީ ރަސޫލް (ޞޢވ) ސުވާލުކުރެއްވެވިއެވެ. ދެން އޭނާ އަނހެންދަރިފުޅު ވައަތުފައިމަތީގައި ބެއިންދުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. މިހާރު ތިބާ އިންޞާފު ޤާއިމުކޮށްފިއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މިހައި ކުޑަކަމެއްގައި ދަރިންގެ މެދުގައި ތަފާތުކުރުންވެސް ރަސޫލާ (ޞޢވ) ނިންމަވާފައިއެވަނީ ދަރިންގެ މެދުގައި އިންޞާފުޤާއިމުނުކުރުން ކަމަށެވެ. މީގެ އިތުރުން ރަސޫލް (ޞޢވ) ވަނީ ދަރިންގެ މެދުގައި އެއްވެސް ވަރަކަށް ތަފާތުނުކުރުމަށާއި ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ދިން ނަމަވެސް އަދި މުދަލުން އެއްޗެއް ދިން ނަމަވެސް ދަރިންގެ މެދުގައި ތަފާތުނުކުރުމަށް ޙަދީޘްފުޅުކުރައްވަވައިފައެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒް އެކަލޭގެފާނުގެ ފިރިހެން ދަރިކަލުންގެ ގައިކޮޅުގައި ބައްދަވާލައްވާފައި ވިދާޅުވިއެވެ. "ބައްޕަ ދަރިފުޅު ދެކެ ކިތަންމެ ލޯބިވީ ނަމަވެސް ދަރިފުޅުގެ އުޚުތުންނަށްވުރެ އިތުރަށް ބަތްސުވަލެއްގެ މިންވަރުވެސް ދަރިފުޅަށް އިތުރަށް ދިނުން ބައްޕައަކަށް ހުއްދައެއް ނޫނެވެ!" 

މިކަންކަމުން އެނގިގެން މިދަނީ ދަރިންގެ މެދުގައި އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ ވަރަށް ބިރުހުރި ކަމެއްކަމެވެ. އެހެނީ އެކަން ވެގެން އެދަނީ އިންޞާފުޤާއިމުނުކުރުން ކަމަށެވެ! އިންޞާފު ޤާއިމުނުކުރުމަކީ ﷲ އެމީހަކަށް ގަދަފަދ ޢަޛާބު ދެއްވަވާނެ ކަމެކެވެ! 

- ޝއިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން