ސިއްރުން ކައިވެނިކުރުމެއް ނެތް! - ކައިވެނިކޮށްފިނަމަ ވީހާގިނަ ބައަކަށް އެކަން އަންގަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސިއްރުން ކައިވެނިކުރުމެއް ނެތް! - ކައިވެނިކޮށްފިނަމަ ވީހާގިނަ ބައަކަށް އެކަން އަންގަން ޖެހޭނެ!: މުފްތީ މެންކް

ބައެއް މީހުން މިއަދުކުރާ އެއް ސުވާލަކީ ސިއްރުން ކައިވެނިކުރުމާއިމެދުގައެވެ. އެއީ ކުރަން ރަނގަޅުކަމެއްތޯއެވެ؟ އެމީހުން ބުނަނީ އެމީހުންގެ ކައިވެނި ސިއްރުކުރަން ބޭނުންވާ ކަމަށެވެ. މީސްތަކުންނަށް އަންގަން ބޭނުން ނުވާ ކަމަށެވެ. 

އަހަރެންގެ ނަބޭޙަތަކީ ސިއްރުން ކައިވެނި ނުކުރުމެވެ. ފުރަތަމަ ކަމަކީ ސިއްރުން ކައިވެނިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ އެކަމުގެ ތެރެއިން ތިމާ ބޭނުންވާ ޝަހުވާނީ އެދުންތައް ފުއްދައިލުމެއް ނޫނެވެ. އެކަންކުރުން ޙަލާލުކޮށްލުމެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ ދެމީޙުން އެކުގައި ދިރިއުޅުމެވެ. އަދި އެކަން ކުރަންޖެހޭނީ ވީހައި ގިނަބައަކަށް ތިމާމެންނަކީ ދެމަފިރިންކަން އެންގުމަށެވެ. 

ސިއްރުން ކައިވެނިކޮށްގެން އެތައް އަހަރެއްވާފަހުން އެކަކު ފޫހިވެގެން އެކަން ނިމުމަކަށް ގެންނަންޖެހިއްޖެނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ދަރިއަކުވެސް ލިބިދާނެއެވެ. އެއިރުން އުފެދޭ މައްސަލަތައް ހައްލުކުރުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން