އެންމެންގެ މައްޗަށް ޢާންމުވެގެންވާ ޘަޒާއެއް އަތުވެދާނެކަމުގެ ބިރުއޮތްކަން ފާހަގަކޮށް ޚުޠުބާގަ ސަރުކާރަށް ވަރުގަދަ އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެންމެންގެ މައްޗަށް ޢާންމުވެގެންވާ ޘަޒާއެއް އަތުވެދާނެކަމުގެ ބިރުއޮތްކަން ފާހަގަކޮށް ޚުޠުބާގަ ސަރުކާރަށް ވަރުގަދަ އިންޒާރެއް!

އެންމެންގެ މައްޗަށް ޢާންމުވެގެންވާ ޘަޒާއެއް އަތުވެދާނެކަމުގެ ބިރުއޮތްކަން ފާހަގަކޮށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ސަރުކާރަށް އިންޒާރުގެ ވަރުގަދަ މެސެޖެއް ދީފައެވެ. އެއީ ޙަރާމް ޙަލާލެއް ބެލުމެއްނެތި ރިބާ ހިމެނޭ މުޢާމަލާތައް ކުރަމުން ގެންދާތީއެވެ. ރައްޔިތުންނަށް އެހީފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ލޯނުތައް ރިބާ ހިމެނޭ ގޮތަށް ދޫކުރަމުން ގެންދާތީއެވެ. 

މިއަދުގެ ޚުޠުބާގައި ވެއެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ލިބުނު ގެއްލުންތައް ފޯބައްދަން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތަށް ފައިސާގެ އެހީތެރިކަން ރައްޔިތުންނަސް ފޯރުކޮށްދިނުމުގެ ފުރުޞަތު ސަރުކާރަށް އޮވެމެ ލޯނުތައް ރިބާ ހިމެނޭ ގޮތަށް ދޫކުރަމުން ގެންދާތީ ގިނަ ބައަކު މިހާރުވެސް އަންނަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. މީގެ އިތުރުން އިޤްޠިޞާދީ މަސައްކަތްތަކަށް ދޫކުރާ ފައިސާ ވެސް ސަރުކާރު ހިއްޞާވާ އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އިސްލާމް ދީން ހުއްދަކުރާ ގޮތަށް ދޫކުރުމުގެ ފުރުޞަތު އޮވެމެ ބީއެމްއެލްގެ ރިބާ ހިމެނޭ އުޞޫލުން ދޫކުރަމުން ގެންދާތީ ގިނަބައަކު އަންނަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

މިއީ އެންމެންގެ މައްޗަށް ޢާންމުވެގެންވާ ޝަޒާއެއް ލިބިގެން ހިނގައިދާނެ ކަމެއްކަން ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން