ތިމާ އެމީހަކުދެކެ ލޯބިވާންޖެހޭ މީހުންނާމެދު ހުވަފެން ދައްކަނީ ޝައިޠޯނާ! ސަލާމަތްވުމަށް ކުރެވިދާނެ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ތިމާ އެމީހަކުދެކެ ލޯބިވާންޖެހޭ މީހުންނާމެދު ހުވަފެން ދައްކަނީ ޝައިޠޯނާ! ސަލާމަތްވުމަށް ކުރެވިދާނެ 4 ކަމެއް!

ދެމަފިރިއަކު ލޯބިން އުޅެމުން ދަނިކޮށް ނުވަތަ ޢާއިލާގެ މެދުގައި އެކުވެރިކަން އޮއްވައިވެސް އެއިގެ ތެރެއިން ކޮންމެވެސް މީހަކު ތިބާއަށް ގެއްލުންދޭން އުޅޭކަން ހުވަފެނުގައި ފެނިދާނެއެވެ. މިފަދަ ހުވަފެންތައް ދައްކުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ބޭނުމަކީ ހިތުގައި ޝައްކުތައް އުފައްދުވައިގެން ފިތުނަ އުފެއްދުވުމެވެ. 

މިފަދަ ހުވަފެނަކުން ހޭލެވިއްޖެނަމަ ފުރަތަމަކަމަކަށް އެފަދަ ކަންކަމުން ރައްކައުތެރިކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރާށެވެ! ދެވަނަ ކަމަކަށް އަޢޫޛް ކިޔައި ވައަތަފަރާތަށް 3 ފަހަރު ކުޅުޖަހާށެވެ!

3 ވަނަ ކަމަކަށް އެއްވެސް މީހަކާއި އެހުވަފެނުގެ ވާހަކަ ހިއްޞާނުކުރާށެވެ! އެހެނީ އެފަދަ ތިމާއަށް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގެ ހުވަފެނުގެ ވާހަކަތައް އެއްވެސް މީހަކާއި ހިއްޞާނުކުރުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ހިއްޞާކޮށްފިނަމަ އެމީހަކަށް ބުނެވޭ ބަހެއްގެ ސަބަބުން ޝައިޠޯނާގެ މަސައްކަތް އެއީ ޙަޤީޤަތްކަމަށް ޤަބޫލުކުރެވި ޝައިޠޯނާގެ މަސައްކަތް ކާމިޔާބުކުރަން މަގުފަހވެދާނެއެވެ. އެއިރުން ކާމިޔާބު އެލިބެނީ ޝައިޠޯނާއަށެވެ! 

4 ވަނަ ކަމަކީ ނިދުމުގެކުރިން ވުޟޫކުރުމާއި ކިޔަންޖެހޭ ޛިކުރުތައް ކިޔުމާއި ޚާއްޞަކޮށް އާޔަތުލްކުރުސި ކިޔުމެވެ! 

- އުސްތާޛް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން