ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓާއި އެކު ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އުރީދޫ އިން އަޕްގްރޭޑްކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓާއި އެކު ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އުރީދޫ އިން އަޕްގްރޭޑްކޮށްފި!

އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތާއިއެކު ރާއްޖޭގެ އެންމެހައި ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. މިއަދު، މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސްވަނީ ނުހަނު ބޮޑުތަން އިތުރުވެފައެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއެއްގޮތުގެ މަތިން ކަސްޓަމަރުންގެ މި ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މި ބަދަލާއެކު ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕަރނެޓް އެޑޯންސްއާއެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

"މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އުރީދޫ އިން ދިވެހިރާއްޖޭގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން. ހަމަ އެގޮތުގެ މަތިން، މިއަދު އަޅުގަނޑުމެންމިވަނީ ކުރިޔަށްވުރެވެސް ހަލުވި ސްޕީޑުގައި، އިތުރު ޑޭޓާ އެލަވަންސްއާއެކު ސުޕަރނެޓް ޕޯޓްފޯލިއޯ އަޕްގްރޭޑްކޮށްފަ. މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން. ހަމައެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ޚިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން." އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މިއަދު، 15 އޯގަސްޓްގައި ސުޕަރނެޓް ޕެކޭޖްތައް ރިނިއުވެގެންދިޔައިރު މި ގެނެވުނު ބަދަލާއިއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބގެންދާނެއެވެ. ސުޕަރނެޓް ޕްލޭންތަކަށް ގެނެވުނު މި ހެޔޮ ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

އުރީދޫއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބި، އެންމެހާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށުންވެގެންދިޔައީ ރާއްޖޭގެ ބްރޯޑްބޭންޑް ދާއިރާއަށްވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ބަދަލަކަށެވެ. ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބްރޯޑްބޭންޑް ލިބުމުގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް މިއާއިއެކު ލިބެންފެށިއެވެ. ރާއްޖޭގެ އާބާދީގެ 70%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެއެވެ.

މިއަދު އޮންލައިން