އެންމެ ލޯބިވާ ފަރާތަކީ ﷲ ކަމުގައި ލެއްވެވުން އެދި ކުރަންވީ ދުޢާ! - ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
އެންމެ ލޯބިވާ ފަރާތަކީ ﷲ ކަމުގައި ލެއްވެވުން އެދި ކުރަންވީ ދުޢާ! - ޙަދީޘުން!

އިސްލާމް ކަމުގެ އަސާސަކީ އީމާންކަމެވެ. އީމާންވެވުނުކަމަށް މިވަނީ ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި އެނެހައިމީސްތަކުންނާއި އަދި އެންމެހައި ބޭނުންތަކަށްވުރެ ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ލޯބިވުން އިތުރުކޮށްގެންނެވެ. މިކަމަށް ބަލައިފިނަމަ އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ ﷲ ތަޢާލާއެވެ. ރަސޫލް (ޞޢވ)ގެ މައްޗަށް ލޯބި އުފެދުންވަނީ ﷲ ތަޢާލާއަށް ލޯބި އިތުރުވީ ވަރަކުންކަމުގައިވާތީއެވެ. 

ﷲ ތައާލާގެ މައްޗަށް ލޯބި އިތުރުކުރައްވަވައިދެއްވެވުން އެދި ދާވޫދުގެފާނު ކުރެއްވެވި ދުޢާއަކީ އެންމެ ފުރިހަމަ އެއް ދުޢާއެވެ. އަހަރެމެން އެންމެންވެސް ކުރަން އޮތް ދުޢާއެކެވެ. ދާވޫދުގެފާނުގެ ދުޢާއަކީ ޙަދީޘްފުޅުން ސާބިތުވާން އޮތް ދުޢާއެކެވެ.

ޙަދިޘްފުޅުގައިވަނީ ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށެވެ!:  

"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިބަ ﷲ އާއި އިބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"

نْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ 

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ

3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد

 (ތިރުމިޒީ- 3490)

މި ޙަދީޘްފުޅުން އެނގެނީ ﷲ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމަކީވެސް ކުރަންޖެހޭ ކަމެއް ކަމެވެ. މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭ މިންވަރެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން