ކައިވެނި އުފާވެރިކުރަންބޭނުންނަމަ އަނބިންދެކެ ވާލޯބި ދުނިޔެއަށް ހާމަކުރަން ޖެހޭނެކަން ރަސޫލް, ޞޢވ ވަނީ ބަޔާންކޮށްދެއްވަވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކައިވެނި އުފާވެރިކުރަންބޭނުންނަމަ އަނބިންދެކެ ވާލޯބި ދުނިޔެއަށް ހާމަކުރަން ޖެހޭނެކަން ރަސޫލް, ޞޢވ ވަނީ ބަޔާންކޮށްދެއްވަވާފަ!

ބައެއް ފިރިހެނުން އެމީޙުންގެ އަނބިންގެ އަނބިން ދެކެ ނުހަނު ލޯބިވީނަމަވެސް އެކަން އަނބިންނަށް އަންގާކަށް ބޭނުމެއްނުވެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަނބިން ދެކެ ލޯބިވާމިންވަރު އަނބިންނަށް އެންގުމަކީ އެމީހުންގެ ދަރަޖަ ތިރިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންވެ ލޯބިވީނަމަވެސް ހަރުކަށިކަމާއިއެކު މުޢާމަލާތުކޮށްވެސް ހަދައެވެ. 

މިއީ ހަމަ ވަރަށް މޮޔަ ވިސްނުމެކެވެ! ﷲ ތައާލާ އަންގަވާފައިވާ ގޮތާއި މުޅިން ތަފާތު ވިސްނުމެވެ. ރަސޫލް (ޞޢވ) ގެ ސުންނަތާއި މުޅިން ޚިލާފް ވިސްނުމެއްވެސްމެއެވެ. 

ﷲ ތަޢާލާ އަނގްވާފައިވަނީ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް ލޯބިދީގެން ދުނިޔޭގައި އުޅުމަށެވެ. އެކުވެރިކަމާއި ލޯތްބާއިއެކު ދުނިޔޭގައި އުޅުމަށެވެ. އަނބިންނަށް އެމީހުންނަށް ޙައްޤު މަޤާމް ދީގެން ދިރިއުޅުމަށެވެ. ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކާއި ބައިވެރިވެ އެހީތެރިވެދީގެން ހުރިހާ ކަންކަން ވެސް ކުރުމަށެވެ. 

މިފަދަ ހުރިހާ ކަންކަމެއްގައި ރަސޫލް (ޞޢވ) ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. އަދިފަޚުރުވެރިވެވަޑައިގެންފައެވެ. "ތިއަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑުމީހަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮ މީހާއެވެ! އަދި އަދި ތިއަބައިމީހުންގެ ތެރެއިން ޢާއިލާއަށް އެންމެ ހެޔޮ މީހަކީ ތިމަން ކަލޭގެފާނެވެ!" ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން މިކަމުގެ ދަލީލަކަށް ފުދެއެވެ. 

އިތުރު ހާދިށާއެއްގެ ހަނދާން އަުކޮށްލަމާހެއްޔެވެ؟ ރަސޫލް (ޞޢވ) ޞަޙާބީންނާއިއެކު މިސްކިތްކޮޅުގައި އިންނަވަނިކޮށް ބަދަވީންގެ މީހަކު އައިސް އިތުރު އެކަލޭގެފާނު (ޞޢވ) އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ ކާކުދެކެތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނު ކަމަށެވެ. 

އެއިރު މިސްކިތްކޮޅުގައި ޢާއިޝަތުގެފާނު ވަޑައިގެން ނުވެސް ނެތެވެ. ކުރިފުޅުމަތީގައި ތިއްބެވީ ޞަހާބީންނެވެ. ނަމަވެސް އެންމެލޯބިފުޅާ މީހަކު ކަމުގައި އިޢުލާނުކުރެއްވެވީ އަނބިކަނބަލުން ޢައިޝަތުގެފާނުކަމެވެ. އެޚަބަރު އިސާހިތަކު މުޅި މަދީނާގައި ފެތުރިގެންދިއައެވެ. ޢާއިޝަތުގެފާނަށް ލިބިވަޑައިގަންނަވާނެ އުފާފުޅުގެ ބޮޑުކަން ހިތްމައްޗަށް ގެނެސްބަލާށެވެ! 

އަދިކީއްހެއްޔެވެ؟ އެމީހާ ގަތްލަދުން އެންމެލޯބިފުޅުވެވަޑައިގަންނަވާ ފިރިހެނަކީ ކޮބައިތޯ ސުވާކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނުގެ ބައްޕާފުޅު، އަބޫބަކުރުގެފާނު ކަމަށެވެ. 

ދެން ނިކަން ބުނެބަލާށެވެ! އަނބިންދެކެވާ ލޯބި ސިއްރުކުރުމަކީ ފިރިންނަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރަން އެދޭނަމަ އަނބިންދެކެވާލޯބި މުޅިދުނިޔެއަށް އިޢުލާނުކުރާށެވެ! އަނބިމީހާ ދެކެ ހިތުގެ އަޑިން ލޯބިވާކަން ޢަމަލުތަކުންވެސް ދައްކާށެވެ! އެއީ އެހެން މީހުންވެސް އެމީހާގެ ސާބިތުކަމަށް ޖެހިލުންވާނެ ކަމެކެވެ!

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން