ގިނަ އަދަދެއްގެ މުސްލިމުންނަސް ނަރަކައަށް ވަންނަން ޖެހެނީ މި ޙަދީޘްފުޅަށް ޢަމަލު ނުކުރާތީ!: ޝައިޚް ޢަލީ ޙައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގިނަ އަދަދެއްގެ މުސްލިމުންނަސް ނަރަކައަށް ވަންނަން ޖެހެނީ މި ޙަދީޘްފުޅަށް ޢަމަލު ނުކުރާތީ!: ޝައިޚް ޢަލީ ޙައްމުދާ

މުސްލިމުންގެތެރެއިން ގިނަ އަދަދެއްގެ ބައަކު ސުވަރުގެވަނުމުގެ ކުރިން ނަރަކައަށް ވަންނާނެއެވެ. މައިގަނޑު ސަބަބަކީ އެމީހުގެ އީމާންކަން ފުރިހަމަނުވުމެވެ. އީމާންކަން ފުރިހަމަ ކުރަން ކުރަންޖެހޭ ކަންކަމުގައި ފޭލްވެފައިވުމެވެ. އީމާންކަން ފުރިހަމަކުރުމަކީ ހަމައެކަނި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަކުން ކުރެވޭ ކަމެއް ނޫނެވެ. އެކަމުގެ ފަހަތުން އަންނަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއްވެއެވެ. 

އެއިގެ ތެރެއިން އެންމެ ގިނަބައަކު މިއަދު ފޭލަވްމުން މިދަނީ ދަހިވެތިކަން ބޮޑުވުމުގެ ސަބަބުންނެވެ. "ތިމާއަށް ލިބެން އެދޭ ކޮންމެ ކަމެއް ތިމާގެ އަޚާއަށް ލިބުމަށް އެދިއްޖައުމާއި ހަމައަށް އެމީހާގެ އީމާންކަން ފުރިހަމަނުވާނެ" ކަމަށް އޮތް ޙަދީޘްފުޅު ގިނަ ބައަކު މިއަދު މިވަނީ ހަނދުމަ ނެތިކޮށްލައިފައެވެ. 

މިއީ ހުކުރު ޚުޠުބާތަކުގައިވެސް އެންމެ ގިނައިން ހަދާންކޮށްދޭ އެއް ޙަދީޘްފުޅެވެ. އެންމެ ގިނަބައަކު އެންމެ ފަރިތަވެސް އެއް ޙަދިޘްފުޅެވެ! ނަމަވެސް އެންމެ ގިނަ ބައަކު އިހްމާލްވެ ދޫކޮށްލާފައިވާ ޙަދީޘްފުޅެވެ. މިއަދު ގިނަ ބައަކު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އެމީޙާއަށް މޮޅުގޮތްތައް ލިބިގަތުމަށެވެ! އަދި ގިނައީ ތިމާއަށް މޮޅު ގޮތްތައް ލިބިގަތުމަށްޓަކައި އެހެން މީހުންނަށް ކޮންމެ ފަދަ ބޮޑު ދެރައެއް ދިނުމަށްވެސް ފަސްނުޖެހޭ މީހުންނެވެ! 

އެހެންކަމަށްވާއިރު އެމީހާގެ އީމާންކަން ފުރިހަމަވާނީ ކިހިނަކުންހެއްޔެވެ؟ އީމާންކަން ފުރިހަމަވާނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟ އީމާންކަން ފުރިހަމަނުވެ ނަރަކައިން ސަލާމަތްވެވިދާނެ ހެއްޔެވެ؟ ނަރަކައިގެ އަލިފާނުގައި ނުބީހި ސުވަރުގެވަދެވިދާނެހެއްޔެވެ؟ މި ޙަދީޘްފުޅާއިމެދު ސަމާލުވުމަށް ޢިލްމުވެރިން އެހައި ބޮޑަށް ބާރުއަޅުއްވަވަނީ މިފަދަ އެތައް ބައިވަރު ސަބަބުތަކެއް ހުރުމުންނެވެ. ވީމާ ހަމަ ކޮންމެ މީހަކުވެސް މިހަދީޘްފުޅަށް ސަމާލުކަން އިތުރުކޮށް އީމާންކަން ފުރިހަމަކުރާށެވެ! 

"ތިބާ ސުވަރުގެ ވަންނަން ބޭނުންހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން މުސްލިމް އަޚާޢަށް އެދޭށެވެ!" ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެވަނީ މިސަބަބުތަކަށްޓަކައެވެ! 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން