މައިންބަފައިން މަރުވުމަށް ދަރިން ދުޢާކުރާ ހާލަތަށް ކަންކަން މިދަނީ މައިންބަފައިންގެ ސަބަބުން! އިޞްލާޙުކުރޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މައިންބަފައިން މަރުވުމަށް ދަރިން ދުޢާކުރާ ހާލަތަށް ކަންކަން މިދަނީ މައިންބަފައިންގެ ސަބަބުން! އިޞްލާޙުކުރޭ!: މުފްތީ މެންކް

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކަންކަން ހިނގމުން މިދަނީ ހުވަފެނުންވެސް ނުފެންނަފަދަ ގޮތްގޮތަށެވެ. ވަމުން މިދަނީ ދއެކަމެއް ވެދާނެ ކަމަށް ދުވަހަކުވެސް ހީވެސް ނުކުރާ ކަންކަމެވެ. 

މިސާލަކަށް ދަރިފުޅު މީހަކާއި ކައިވެނިކުރަން ބޭނުންވެގެން މައިންބަފައިން ގާތު ބުނުމުން ތިމާމެން ދުނިޔޭގައި ތިއްބައި ތިއަ ކައިވެނި ނުކުރެވޭނެ ކަމަށް އެބަ ބުނެއެވެ؟ އެކަމުގެ ނަތީޖާ އެނގޭ ހެއްޔެވެ؟ ދަރިފުޅު ތަހައްޖުދު ނަމާދުކޮށްފައި ދުޢާކުރަނީ އޭނާއަށް ރަނގަޅު އެހެން ބައިވެރިއަކު ދެއްވެވުމަކަށްނޫނެވެ. ދުޢާ ކުރަނީ އަވަހަށް މައިންބަފައިން މަރުވުމަށް އެދިއެވެ.  ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު ހަމަ އަހަރެމެން މުސްލިމުނެގެ ތެރޭގައި ކަންކަން ހިނގަމުންދާގޮތެވެ! 

މިގޮތަށް ކަންތައްތައް ހިނގުމުގައި މައިންބަފައިންގެ ޒިންމާވެސް ކުޑައެއް ނޫނެވެ. އެނގިގެންދަނީ ދަރިން ތަރުބިއްޔަތުކުރުމުގައި އިހްމާލުވެވިފައިވާކަމެވެ. ދަރިންނާއި ވާހަކަދައްކަން ޖެހޭ ކަންކަމުގައި ވާހަކަ ނުދެކެވި އޮތްކަމެވެ. ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އެއްވެސް ވަރަކަށް މަޝްވަރާނުކުރެވި އޮތް ކަމެވެ. އެހެނީ އެކަންކަމަށް ކުރިންސުރެ މަޝްވަރާކުރެވިފައި އޮތް ނަމަ ދަރިންގެ ކިބައިން މިފަދަ މައްސަލަތައް ހަމަ ކުރިމަތިވާނެއެވެ. 

ދަރިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި މައިންބަފައިންގެ މައްޗަށް ލޯބި އުފައްދުވައިދެވިފައި އޮތްނަމަ ވެސް މިފަދަ ކަންކަން ހަމަ މެދުވެރިއެއް ނުވާނެއެވެ. މިހެން ބުނި ނަމަވެސް އިސްތިސްނާއެއް ހުރެދާނެއެވެ. ކިތަންމެ ރަނގަޅަށް ތަރުބިއްޔަތުކުރި ނަމަވެސް ހާހަކުން ކުއްޖަކު ނުބައި ކަމެއް ކުރުމަކީ އެކަންހިނގަމުންދާގޮތް ކަމަކަށް ނުބުނެވޭނެއެވެ. 

މިހާމަކުރީ ހަމަ ހުރިހާ މައިންބަފައިންވެސް މިއަދު އެންމެބޮޑަށް ވިސްނަންޖެހިފައިވާ އެއްކަންތަކެވެ. ދަރިން ކައިވެނިކުރަންޖެހޭނީ ކޮންޝަރުޠުތަކެއް ފުރިހަމަވެފައި ތިބި ބައަކާއިކަން ކުރިއާލައި އަނގައި ނުދެވިއްޖެ ނަމަ "ލޯބި" ދަރިފުޅުގެ ހިތުގެ މައްޗަށް ގަދަވެގަނެ ބާރު ހިންގާނެއެވެ! އެހާލަތުގައި ދަރިފުޅުގެ ހިތް އެހެން ބަދަލުކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން ވިސްނައި ކުރިއާލައި ބައިވެރިޔާ ދެކެ ލޯބިވުމުގެ ޝަރުޠުތައް ރަނގަޅަށް ދަސްކޮށްދޭށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން