ބަލިކަށިވުމުގެ ސަބަބުން ޙާލުގައިވާ މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެވެން ނެތް މީހާ ޢަމަލުކުރަންވީ ގޮތް! - ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބަލިކަށިވުމުގެ ސަބަބުން ޙާލުގައިވާ މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެވެން ނެތް މީހާ ޢަމަލުކުރަންވީ ގޮތް! - ޙަދީޘުން

މުސްލިމުންނަކީ އެމީހަކަށް ވެވެން އޮތް މިންވަރަކުން އެހެން މީހުންނަށް (ހާލުގައިވާ މީހަކަށް) އެހީތެރިވާން ޖެހޭ މީހެކެވެ. އެހެންކަމުން މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުންނަމަވެސް އަދި އެނޫން ސަބަބެއް މެދުވެރިވެގެން ނަމަވެސް އެހެން މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ޙާލަތުގައިވެސް ދުނިޔޭގައި ބައަކު އުޅެއެވެ. އެހެންކަމުން އަބޫޖައްރުގެފާނު ވަނީ އެފަދަ މީހުން އެހެން މީހުންނަށް އެހީތެރިވެދޭނީ ކޮންގޮތަކަށްތޯ؟ ނުވަތަ އެފަދަ ހާލެއްގައި ހުރި މީހަކަށް އެހެން މީހަކަށް އެހީތެރިވާން ކުރެވޭނީ ކޮންކަމެއްތޯ؟ ރަސޫލް (ޞޢވ)ގެ އަރިއަހުން ސުވާލު ދަންނަވައިފައެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެފަދަ މީހަކު ނަމަ އެހެން މީޙުންނަށް އުނދަގޫވާނެ، ގެއްލުންލިބޭނެ ކަންކަން ނުކޮށް ހުރުމަށެވެ.  

މިއަދު އަހަރެމެންގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ ކިތަންމެ މުސްކުޅިވީނަމަވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ ނުބައިބަސްތައް ބުނުން މިވަނީ ޢާންމުކަމަކަށްވެފައެވެ. ދޮގުވާހަކަތައް ދެއްކުމާއި ދެބައުޑުވުމާއި ޣީބަ ބުނުން މިވަނީ ޢާންމުވެފައެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ޤާބިލުކަން ތިމާގެ ކިބައި ނެތްއިރު ތިމާގެ ދުލުގެ ނުބައިކަމުން މީސްތަކުން އެބަ ސަލާމަތްކުރެވޭ ހެއްޔެވެ؟ 

މައުޟޫޢު ފެށިގެން އައި ގޮތުން މުސްކުޅިވެ ގައިބާރުދެރަވެފައިވާ މީހުންގެ މިގޮތަށް ފާހަގަކުރިނަމަވެސް ގައިބާރުހުރި މީހުންނާއި ޒުވާނުންވެސް މިކަންކަމަށް ވިސްނާށެވެ! ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ނަރަކައަށް ވެއްޓިގަންނަ މީހަކު ކަމުގައި ނުވާށެވެ! 

- އިސްލާމީ ތތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން