ބަލިމީހުން ގިނަވެއްޖެއެވެ! ފަރުވާ ހޯދަމުންވެސް ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބަލިމީހުން ގިނަވެއްޖެއެވެ! ފަރުވާ ހޯދަމުންވެސް ދުޢާކުރުން ގިނަކުރާށެވެ!

މިދުވަސްކޮޅު ކުރިމަތިވެފައިވަނީ ހަމައެކަނި ކޮރޯނާވައިރަސްގެ ނުރައްކަލެެއް ނޫނެވެ. ތަފާތު ބަލިތައްވެސް ވަރަށް ގިނައެވެ. ގޮތް ނުއެނގޭ ބަލިތައްވެސް ވަރަށް ގިނައެވެ. އެހެންކަމުން ގިނަ ބައަކު ގެންދަނީ ޝިފާ ހޯދަން މަސައްކަތްކުރަމުންނެވެ. 

ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅުގައި ބަހައްޓަވާށެވެ! ޑޮކްޓަރުންނަށް ކުރެވޭނީ ބޭހެވެ! ބޭސްދީގެން ފަރުވާހޯދައިދިނުމަށް މަސައްކަތްކުރެވެނީއެވެ. ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ. ޝިފާލިބންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންޏެވެ. ވީމާ ބޭސްކުރަމުންވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ހަމަހޭ ހުރިހާހިނދަކު ނަމާދުކުރުން ދޫނުކުރާށެވެ! ކޮޅަށްހުރެ ނުކުރެވޭނަމަ އިށީނދެއިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ނަމާދުކުރާށެވެ! ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާށެވެ! 

ދުނިޔޭގެ ކަންކޮޅުތަކުގައި ބަލިތަކަށް ފަރުވާ ހޯދަމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން