ހިޖުރީ އައު އަހަރުގެ ފައިދާ އެންމެ ބޮޑަށް ލިބިގަންނަން ކުރަންވީ ބައެއްކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހިޖުރީ އައު އަހަރުގެ ފައިދާ އެންމެ ބޮޑަށް ލިބިގަންނަން ކުރަންވީ ބައެއްކަންކަން!

ހިޖުރައިގެ މާނައަކީ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުން ކަމަށްބަލާށެވެ! ވީމާ މިފެށުނު ހިޖުރީ އައު އަހަރުގެ ޢަޒުމަކީ މިހައިތަނަށް ނުކުރެވިހުރި ރަނގަޅުކަންކަން ކުރަން ފެށުން ކަމުގައި ހަދާށެވެ! އަދި ތަޤްވާވެރިކަން އިތުރުކޮށް ކުރެވޭ އަޅުކަން ގިނަކުރުން ކަމުގައިވެސް ހަދާށެވެ! 

ހަމައެއާއިއެކު ޒަވާޖީ ހަޔާތުގައި ކުރީ އަހަރަށްވުރެ އެކަކުއަނެކަކަށް ލޯބިދީ އިޚްލާޞްތެރިކަން އިތުރުކުރުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް އަޒުމް ކަމުގައި ހަދާށެވެ! ޒަވާޖީ ޙަޔާތުގެ ގުޅުމުން މަރާމާތުކުރަންޖެހިފައިވާ ކަންކަން މަރާމާތުކޮށް އޮފްކުރަންވެފައިވާ ކަންކަން އޮފްކުރަންވެސް މިއީ ހަމަ ރަނުގެ ފުރުޞަތެކެވެ. 

މުސްލިމުން ކޮންމެ ކަމެއްގައިވެސް އަބަދުވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވާނެ ކަންކަން ކުރުމަށެވެ. އަދި ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް ދެމަފިރިންނާއި ދަރިން އެކުގައި ސުވަރުގެ ވަދެވޭނެ ކަންކަން ކުރުން ގިނަކުރުމަށެވެ. 

މިއަހަރަކީ ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމުގައި ކުރިއަރައިގެންދާނެ އަހަރަކަށް ހަދާށެވެ! އެގޮތުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާ ﷲ ތަޢާލާގެ ދީނުގައި ފުރިހަމައަށް ސާބިތުވުމެވެ. އެއަށްފަހު ޢާއިލާ ޢާއި ރައްޓެހި ރަޙްމަތްތެރިން އެމަގުން ތިމާ އާއިއެކު ކުރިއަށް ގެންދަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން