1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ (ސ. ނަންބަރު:105) އަވަހާރަވެއްޖެއެވެ. އަވަހާރަވީ ކޮވިޑްބަލީގައެވެ.
ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާއި 7 މެޑަލް ލިބިވަޑައިގެންފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލްޣަނީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގަގައިކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލްޣަނީ ފާހަގަކުރެވިފައިވަނީ ރިވެތި ޢަޚްލާޤްގެ ނަމޫނާ ބޭކަލެއްގެ ގޮތުގައެވެ. ހިތްހެޔޮ އެންމެންނާއިވެސް ވަރަށް2 ގާތްކަން ބާއްވަވާ ބޭކަލެއްގެ ގޮތުގައެވެ.
މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވެވުން އެދި މިއަދުނޫހާއި މިއަދުނޫހުގެ އަހުލުވެރިންގެފަރާތުން ދުޢާކުރަމުއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ.