ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އަވަހަށް ޙައްލުނުކުރާނަމަ އެކަމުގެ ގެއްލުން މުޅި ދިރިއުޅުމަށް ފޯރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އަވަހަށް ޙައްލުނުކުރާނަމަ އެކަމުގެ ގެއްލުން މުޅި ދިރިއުޅުމަށް ފޯރާނެ!

ދެމަފިރިން އެކުގައި ދިރިއުޅޭއިރު ކުރިމަތިވާ މައްސލަތައް ޙައްލުނުކޮށް ލަސްކުރުމަކީ ވަރަށް ގިނަ އިތުރުމައްސަލަތައް ކުރިމަތިވާ ކަމެކެވެ. އެގޮތުން ދެމަފިރިންގެ މެދުގައި ކަންކަން ގޯހުން ގޯހަށް ދިއުމުގެ އިތުރުން އެހެން މީހުން ދެކެ ރުޅި އާދެވުންވެސް އެކަމާއި ގުޅިގެންދެއެވެ. ވީމާ ދެމަފިރިންގެ މެދުގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމެއް ޙައްލުކުރަން އަވަސވެގަންނަން ޖެހޭނެއެވެ.

ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ހިފައިގެން އެމީހަކު މަސައްކަތްކުރާތަނަކަށް ދާންޖެހުމަކީވެސް ވަރަސް ނުރައްކައުތެރިކަމެކެވެ. ވެރިއެއްނަމަ އެކަމުގެ ރުޅި މުވައްޒިފުންނަށް ބާލައެވެ. މުވައްޒިފެއްނަމަ އެކަމަށް ވިސްނަން ހަދައިގެން އޮންނަނީ ރަނގަޅަށް މަސައްކަތް ނުކުރެވިފައެވެ. ކުރާ މަސައްކަތްތަކުގައި ކުށްތައް ކުރެވިފައެވެ. މިހިރަ ފެންނަނީ ހަމަ އެންމެ މައްސަލައެއްގެތެރެއިން ނުކުންނަ މައްސަލަތަކެވެ. 

ދެމަފިރިއެއްގެ މެދުގައި އެއްވެސް ކަމެއް ކުރިމަތިވެއްޖެ ނަމަ ފޮރުވައި ސިއްރުނުކުރާށެވެ! އަދި ހިތުގައި ޝައްކުކަން އުފައްދައިގެން ނުބުނެ ނުހުންނާށެވެ! ސުވާލުކުރާށެވެ! މަޝްވަރާކުރާށެވެ! ޝައްކު އުފައްދައިގެން ހުރުމަކީ ހަސަދަވެރިވެވޭ ކަމެކެވެ. ޙައްޤު ނޫން ތުހުމަތުތައް ކުރެވި އެފަދަ ތުހުމަތުތައް ފިތުނައަށް ބަދަލުވެ މައްސަލަތައް އަތްނުފޯރާފަށަށްދާފަހުން ޙަޤީޤަތް އެނގުމުން ލަދުގަންނަން ޖެހޭ ޙާލަތަށް ދަނީ މަދަކުންނޫނެވެ! 

ހިތާމައަކީ ލާހެދުމާއި ބޭރުފުށިގެ ރީތިކަން އިންތިހާއަށް މަތިވެރިކުރެވުނުއއިރު އަމިއްލަ ދިރިއުޅުމުގެ ކަންކަން ރީތިކުރުމުގައި ފެއިލްވަމުންދާކަމެވެ. ދިރިއުޅުމުގެ އެންމެ މުހިންމު އަސާސްކަމުގައިވާ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމުގައި ކާމިޔާބު ނުހޯދޭކަމެވެ! ގަދައަޅައި މަސައްކަތްކުރަންވީ ޒަވާޖީ ޙަޔާތުގެ ކަންކަން ވީހައި ފުރިހަމަކުރުމަށެވެ! އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން