ޖަމާޢަތުގައި ނަމާދުކުރާއިރު މައުމޫމުގެ މަޤާމުގައި ހުންނަންވާނީ އިމާމް މީހާއަށް ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އިމާމްވެ ނަމާދުކުރެވޭނެ މީހެކެވެ. ވީމާ ގޮނޑީގައި އިނދެ ނަމާދުކުރާ މީހަކު އެ މަޤާމުގައި އިނދެގެންނުވާނެއެވެ. ގޮނޑީގައި އިނދެ ނަމާދުކުރާ މީހެއްގެ ފަހަތުގައި ކޮޅަށް ތިބެ ނަމާދެއް ނުކުރެވޭނެއެވެ! - ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މައުމޫމުގެ މަޤާމަކީ ވަރަށް ޚާއްޞަ މަޤާމެކެވެ! އެމަޤާމުގައި ހުރެ ނަމާދުކުރާމީހާއަކީ އިމާމް މީހާއަށް ކުށެއްކުރެވިއްޖެނަމަ އެކަން އަންގައިދެވޭނެ މީހަކަށްވެސް ވާންޖެހޭނެއެވެ. އެހެންކަމުން އެ މަޤާމުގައި ހުންނަން ޖެހޭނީ ނަމާދުގެ ކަންކަން ވަރަށް ރަނގަޅަށް ދަންނަ އަދި ވަރަށް ފަރުވާތެރިކަމާއިއެކު ނަމާދުކުރާ މީހެކެވެ.
މިކަންކަމަށް ނުބަލައި މައުމޫމުގެ މަޤާމުގައި ހުރެގެން ނުވާނެއެވެ! ނަމާދަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ޖަމާޢަތުގައި ނަމާދުކުރާ އެންމެންގެ ޙައްޤު ޙިމާޔަތްކުރުމަކީ އިމާމް އަށާއި މައުމޫމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.