ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭ ކަމަށް ބުނުމުގެ މާނަ އޮޅުވައިނުލާ! އެއީ ނަގަންޖެހޭ ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭ ކަމަށް ބުނުމުގެ މާނަ އޮޅުވައިނުލާ! އެއީ ނަގަންޖެހޭ ހުއްދައެއް ނޫން!

"ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭނެ ކަމަށް ބުނެވޭ ބުނުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ސުންނަތް ރޯދަހިފުމުގެ ކުރިން ފިރިމީހާގެ ރުހޭބަސް ހޯދަންޖެހުމެއް ނޫނެވެ! ީމާ ބަހުގެ މާމަކުރަންޖެހޭނީ ކަމުގެ އަޞްލާއި އެއްގޮތަށެވެ. 

"ސުންނަތް ރޯދަ ހިފަން ފިރިމީހާގެ ހުއްދަ އޮންނަންޖެހޭނެ" ކަމަށް ބުނެވޭ ބުނުމުގެ މާނައަކީ އަނބިމާހާ ސުންނަތް ރޯދައަކަށްހުއްޓައި ފިރިމީހާ އަނބިމީހާ އާއި ޖިމާޢުވާން ބޭނުންވެއްޖެ ނަމަ ރޯދަދޫކޮށްލައި ފިރިމީހާގެ ބޭނުން ފުއްދައިދޭން ޖެހޭނެ ވާހަކައެވެ. ސުންނަތް ރޯދައަށް ހުރި  ހުރުން ބަހަނާއަކަށް ދައްކައި ފިރިމީހާގެ ބޭނުން ފުއްދައި ނުދީ ހުރެގެން ނުވާނެކަމެވެ. 

އަނބިމީހާ ގާތު ފިރިމީހާ ނެތް ނަމަ ސުންނަތް ރޯދަ ހިފަން ފިރިމީހާގެ އެއްވެސް ބަހެއް ބޭނުމެއް ނުވާނެއެވެ. އަދި ރުހުމެއް ކެހުމެއްވެސް ބޭނުމެއް ނުވާނެއެވެ. ދުރުގައި ހުރެގެން އަނބިމީހާ ސުންނަތް ރޯދަ ހިފަން ހުރަސް އަޅާނަމަ އެއީ ﷲ ތައާލާ ޢާއި ކުއްތަނަވުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ މީހެކެވެ. އެއީ ނުބައި ނުލަފާ މީހުންގެ ސިފައެކެވެ. އެފަދަ ފިރިންނާއިއެކު ދިރިއުޅެން މަސައްކަތްކުރުމެއްވެސް ނެތެވެ." 

ފިރިމީހާ ދުރުގައި ހުރުން ކަމަށް މާނަމިކުރަނީ ކޮންމެ ސބަބެއް މެދުވެރިވެގެން ނަމަވެސް  ދެމަފިރިނަ ދެރަށެއްގައި ތިބުމަށެވެ. އެއް ގެއެއްގައި އެކުގައި ދިރިނޫޅެ އަދި އެދުވަހު ބައްދަލުނުވާނެ ޙާލަތުގައި ދިރިއުޅުމަށެވެ. މިހާލަތުގައި އަނބިމީހާ ސުންނަތް ރޯދަ ހިފަން ފިރިމީހާގެ އެއްވެސް ހުއްދައެއް ބޭނުމެއް ނުވާނެއެވެ! 

ސުންނަތް ރޯދަ ހިފާމީހުންގެ ތެރޭގައި ގިނައީ އަންހެނުންކަމަށް ބެލެވެއެވެ. އެކަނބަލުންގެ ހިތްވަރުގަދަކަމުން އެކަން އެހެންމީހުންނަށް ނުވެސް އަންގަނީއެވެ. ފިރިން މަސައްކަތްކުރަންވީ ވީހައި ގިނައިން ސުންނަތް ރޯދަ ހިފަން އަނބިންނަށް ހިތްވަރު ދިނުމަށެވެ. އެހީތެރިވެ އެކަމަށް މަގުފަހިކޮށްދޭނަމަ ފިރިންނަށްވެސް އެކަމުގެ ޘަވާބު ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

އަދި އެއްވާހަކަ ބުނެލާނަމެވެ! ސުންނަތް ރޯދައަށް ހުއްޓައި ކިތަންމެ ގިނަ ދުވަހަކު ފިރިމީހާ އެދިގެން ރޯދަދޫކޮށްލަން ޖެހުނު ކަމުގައިވީނަމަވެސް އެކަމާއިމެދު ކަންބޮޑުނުވާށެވެ! މާޔޫސްނުވާށެވެ! ތިބާ ރޯދަހިފަން ކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ދޫކޮށްލި ސަބަބުވެސް ދެނެވޮޑިގެންވެއެވެ. ތިބާއަށް ޙައްޤި ޖަޒާ ފުރިހަމައަށް ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން