ދަރިން ސްކޫލްތަކަށް ފޮނުވުމަކުން ﷲ ތަޢާލާ ތިބާ އާއި ޙަވާލު ކުރެއްވެވި ޒިންމާޢަކުން ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަރިން ސްކޫލްތަކަށް ފޮނުވުމަކުން ﷲ ތަޢާލާ ތިބާ އާއި ޙަވާލު ކުރެއްވެވި ޒިންމާޢަކުން ސަލާމަތެއް ނުވެވޭނެ!

ތަޤްވާވެރި ތަނަވަސް ޢާއިލާތަކުގައި މިއަދު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމީހުންގެ ތަނަވަސްކަމުގެ ސަބަބުން ދަރިންނަށް ކުރިމަތިވާ މައްސަލަތަކެވެ. މައިންބަފައިން ނަމާދުކުރެއެވެ. ހެޔޮ ޢަމަލުތައްވެސް ކުރެއެވެ. ނަމަވެސް ދަރިން ހަމައެގޭގައި ދިރިއުޅޭގޮތުން ގިނަފަހަރަށް ހީވަނީ ދެ ދީނެއްގެ، ދެ ޤައުމެއްގެ ބައަކު އެކުގައި އުޅޭހެންނެވެ. 

މިފަދަ ކަންކަން ކުރިމަތިވަނީ އަތުގައި ފައިސާހުރުމުން ދުނިޔޭގެ އެންމެ އަގުބޮޑު ސްކޫލްތަކަށް ކުދިން ފޮނުވާފަ އެކުދިންގެ ކަންކަން ބެލެހެއްޓުމަށް އެއްވެސް ސަމާލުކަމެއް ނުދެވޭތީއެވެ!  އިސްލާމް ދީނަށް ދަރިންގެ ހިތުގައި ދިރުވައި އާލާކުރަންޖެހޭ ލޯބި ދިރުވައި އާލާނުކުރެވުނީތީއެވެ. މައިންބަފައިން ސަމާލުކަންދީގެން ނަމާދުކުރިނަމަވެސް ދަރިން ލައްވައި ނަމާދުނުކެވުނީތީއެވެ. އެކަމަށް ސަމާލުކަން ނުދެވނީތީއެވެ!

ތިއަ މައިންބަފައިންނާއި ޤިޔާމަތް ދުވަހު ސުވާލުކުރެއްވެވޭނީ ދަރިފޅު ފޮނުވީ އިންޓަރނޭޝަނަލް ސްކޫލަކަށްތޯއެއް ނޫނެވެ؟ ފީދައްކަން މަހަކު 1000 ޑޮލަރު ޚަރަދުކުރިންތޯއެއް ނޫނެވެ؟ އިތުރު ޙަރަކާތްތަކަށް މަހަކު ޚަރަދުކުރީ ކިތައް ޑޯލަރުތޯއެއްވެސް ނޫނެވެ! 

ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ދަރިފުޅުގެ ހިތުގައި އިސްލާމް ދީނަށް ލޯބިޖައްސުވައި ފަރުޟު އަދާކުރުމަށް ޝައުޤުވެރިނުކުރުވިއްޖެ ނަމަ ކިޔަވައިދޭން ފޮނުވި ސްކޫލުގެ ނަމުގެ މޮޅުކަމާއި ކުރި ހޭދައިގެ ބޮޑުކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ﷲ ތަޢާލާ ތިބާ އާއި ޙަވާލު ކުރެއްވެވި ޒިންމާ އެވަނީ އަދާނުކުރެވިފައެވެ. ވީމާ މިކަންކަމަށް ފުރިހަމައަށް ތައްޔާރުވެ ތިބެގެންނޫނީ އާޚީރަތް ދުވަހު އެއްވެސް ސަލާމަތްކަމެއް ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން