އެންމެ ފައިސާފޮއްޗެއް ވެސް ދެއްވަވަނީ މިލިއަނުންނާ ބިލިއަނުން ދެއްވަވާ ﷲ! އިތުރުވާން އެދޭނަމަ ޝުކުރުވެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެންމެ ފައިސާފޮއްޗެއް ވެސް ދެއްވަވަނީ މިލިއަނުންނާ ބިލިއަނުން ދެއްވަވާ ﷲ! އިތުރުވާން އެދޭނަމަ ޝުކުރުވެރިވާށެވެ!

ތިބާހުރީ ވަރަށް ބޮޑަށް އަތްމަތިވެފައި ކަމަށްވެދާނެއެވެ! ގޭގެ ބިލްތައް ވެސް ދައްކާނުލެވި އަދި ކައިބޮއިހެދެން ނެތް ހާލަތެއްގައިކަމަށްވެސް ވެދާނެއެވެ. މިސާލަކަށް ބުނާނަމަ 1،000 ރިޔާލަ ލިބިގެން ނޫނީ ގޭގައި ދިރިއުޅެވެން ނެތްފަދަ ޙާލަތެއްގައިކަމަށްވެސް ވެދާނެއެވެ! 

މިފަދަ ނިކަމެތި ޙާލަތެއްގައި ވަނިކޮށް ތިބާއަށް މީހަކު ގެނެސްދިނީ 10 ރިޔާލައެވެ. ގޭދޮުމައްޗަށް އަރާފައި ދިއްކޮށްލާފައި އެދިއައީއެވެ. އަނގައިންވެސް ނުބުނެއެވެ. ކީއްކުރަން ދިން އެއްޗެއް ކަމަށްވެސް ނުބުނެއެވެ. ހަމައެކަނި އެނގުނުވަރަކީ މީހަކު 10 ރިޔާލަ ދިންކަމެވެ. ދީފައި އެނބުރި ދިއަކަމެވެ. 

މިހާލަތުގައި އެއްބައަކު ހަމަ އިންތިހާއަށް ﷲ ތަޢާލާއަށް ޝުކުރުވެރިވެއެވެ. ޙަމްދުކުރެއެވެ. އަނެއް ބައަކަށް އެ ލިބުނު 10 ރިޔާލަ ފެންނަނީވެސް ކުނިކޮޅެއްގެ ސިފައިގައެވެ. ވިސްނެނީ ބޭކާރު އެއްޗެއްގެ ގޮތުގައެވެ. ލިބުނުވަރު ހަމަ މަދުކަމުންނެވެ. އެއިން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތްކަމަށް ޤަބޫލުކުރެވޭތީއެވެ. 

މީސްތަކުންނޭވެ! މި ބުނިފަދަގޮތެއް މެދުވެރިވެއްޖެ ނަމަ ވަރަށް ރަނގަޅަށް ވިސްނާށެވެ! އެއީ ﷲ ތައާލާ ކުރިމަތިކުރެއްވެވި ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ބޮޑާ ނުހާކައި ޝުކުރުވެރިވާ މިންވަރު ބެއްލެވުމަށެވެ. އެ އިމްތިޙާނުން ރަނގަޅު ފެންވަރުގައި ފާސްވާށެވެ! ތިބާ ބޭނުންވެގެން ތިއައުޅޭ 1000 ރިޔާލައިގެ ބަދަލުގައި 1000 މިލިއަން ރިޔާލަވެސް ދެއްވެވުން ކުޅަދުންވަންތައެވެ!

ދެއްވަވާޤ މިންވަރަށް ޝުކުރުވެރި ނުވާނަމަ އެއީ ޝައިޠޯނާގެ ސިފައެކެވެ. އެ ސިފަ އިންސާނުންގެ ކިބައިގައި ހުރިނަމަ އެމީހަކީ މަގު ގެއްލިގެން ގޮސްފައިވާ މީހެކެވެ. އެފަދަ މީހަކަށް ނުވެ، އެންމެ ފައިސާ ފޮތްޗެއް މީހަކު ދިންނަމަވެސް ޝުކުރުވެރިވާ މީހަކަށްވާށެވެ! އެފައިސާފޮތި ތިމާ އާއި ހަމައަށް އެއައީ ނުވަތަ ތިމާއަށް އެލިބުނީ ހަމަ ތިމާފަދަ އިންސާނުންނަށް މިލިއަނުން ބިލިއަނުން ދެއްވަވާ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޠަޤީންކުރާށެވެ! ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތް އިތުރުކުރައްވަވައި ދެއްވަވާ ގޮތް ނުވެސް އެނގޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން