ޚަބަރުގައިވާ ޓްވީޓުގައި އެވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އެ ޒުވާނާ ސަޖިދަކޮށް ނަމާދު އެކުރަނީ އާރޓިފިޝަލް ދެފައިގައެވެ. އަހަރެމެންނަށް ﷲ ތަޢާލާ މިވަނީ ދެފައިވެސް ދެއްވަވައިފައެވެ. އެހެން ނިޢްމަތްތައްވެސް ދެއްވަވައިފައެވެ. އަހަރެމެންނަށް އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟
އިންސާނުންނަކީ އެމީހުން ބޭނުންވާ ނިޢްމަތްތައް ފުރިހަމަވެގެންވާނަމަ އެ ނިޢްމަތްކާއިމެދު ޣާފިލުވާ ބައެކެވެ. ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރި ނުވެވޭ ބައެކެވެ. މިކަން އެންމެންވެސް ޤަބޫލުކުރާކަން ވާހަކަދައްކާއިއރު ބަޔާންކުރެއެވެ. ނަމަވެސް ޢަމަލުން ދައްކަން ޖެހުމުން އޮންނަނީ އިންތިހާއަށް ފޭލްވެފައެވެ.
މިސްކިތަށް ގޮސް ނަމާދުކުރަން ފަށަންވީ، އަންހެނަކު ނަމަ ގޭގައި ނަމާދުކުރަން ފަށަންވީ ކޮންމެވެސް ކަމެއް ލައިގަނެ ނުކުޅެދުންތެރިއަކަށްވުމަކުން ނޫނެވެ! ﷲ ތަޢާލާ ދެއްވެވި ފުރިހަމަ ނިޢްމަތުގައި ހުރެއެވެ. ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރުވެރިވާއަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ.
https://twitter.com/i/status/1298333768894148608