އަނެއްކާވެސް ލިބިގެން މިދަނީ ރަނުގެ ފުރުޞަތެކެވެ. ރަން އެކަންޏެއް ނޫނެވެ. ރަނާއި އަގުބޮޑު ޖަވާހިރުތަކުން ފުރިގެންވާ ފުރުޞަތެކެވެ. އާޝޫރާ ރޯދަ ހިފައި އަދި އެކުވެރިންނަށް ރޯދަހިފަން ހަނދާންކޮށްލައިދީގެން އެތައް އަހަރުތަކެއްގެ ފާފަތައް ފުހެލުމުގެ ފުރުޞަތެވެ.
އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ފާއިތުވި އަހަރު ދުވަހުގެ ފާފަ ފުއްސަވައި ދެއްވަވަވާ ޢަމަލެކެވެ. ވީމާ ތިމާ ރޯދަ ހިފުމުން އެ ނަޞީބު އެވަނީ ލިބިފައެވެ. އިން ޝާ ﷲ! ދެން އޮތީ އެހެން މީހުންނަށް ޝެއާކޮށް ހަނދާންކޮށްދިނުމެވެ. އެހެން މީހުންނަށް ޝެއާކޮށް ހަނދާންކޮށްދިނުމުން އެމީހުން ހިފާ ރޯދައިން އެމީހުންނަށް އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ހަނދުމަކޮށްދިން މީހާއަށް ޘަވާބު ދެއްވަވާޤނެތެވެ!
ވީމާ މިގޮތަށް ނިކަން ހިސާބު ހަދައިލަބަލާށެވެ! ތިބާ އާޝޫރާ ދުވަހު ރޯދަހިފީއެވެ! ފާއިތުވި އަހަރު ތިބާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އުންމީދުކުރަންވީއެވެ. ދެން ތިބާ ޝެއާކޮށްގެންނާއި އެހެން ވެސް ގޮތްގޮތުން 200 މީހުންނަށް ހަނދާންކޮށްދިނީއެވެ. 200 މީހުންނަށް ހަނދާންކޮށް ދިނުމުން އެކަންކުރިކަމުގެ ދަރުމަ ދެއްވަވާނެތެވެ! ދެން އެއިގެ ތެރެއިން 20 މީހުން ރޯދަ ހިފީއެވެ. އެމީހުން ހިފި ރޯދައިގެ ސަބަބުން ހަނދާންކޮށްދިން މީހާއަށްވެސް ހަމަ ޘަވާބު ދެއްވަވާނެތެވެ. ވީމާ ތިމާއަށް އެތައް ގިނަ އަހަރުތަކެއް ވަންދެން ކުރެވިފައިވާ ފާފަތައް ފުހެލަން މަސައްކަތްކުރުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ.
މިއަހަރުގެ އާޝުރާ ދުވަހަކީ ހޮނިހިރު ދުވަހެވެ. ވީމާ އެއްދުވަސް ކުރިން ފަށައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ހިފިދާނެއެވެ. ނޫންނަމަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވެސް ހިފިދާނެއެވެ. އަދި ހޮނިހިރު ދުވަހު އެކަނިވެސް ހިފިދާނެއެވެ!
އެހެންކަންކަމާއި ގުޅިގެންވެސް މައުލޫމާތު ގެނެސްދޭ ފަދައިން އާޝޫރާ ދުވަހާއި ގުޅިގެން ވެސް މިއަދުނޫހުން ވާނީ ކިޔުންތެރިންނަށް ވަރަށް ގިނަ މައުލުމާތު ގެނެސްދެވިފައެވެ. އިން ޝާ ﷲ
ގުޅުންހުރި ލިޔުން:
https://miadhu.mv/article/read/58839
https://miadhu.mv/article/read/58694
https://miadhu.mv/article/read/58696
https://miadhu.mv/article/read/58714
https://miadhu.mv/article/read/58717