އާޝޫރާ ދުވަހަކީ ޖައްބާރު ފިރުއަޢުނުގެ ކިބައިން މާތް ﷲ މޫސާގެފާނު ސަލާމަތްކުރެއްވެވި ދުވަސް! ރޯދަ ހިފުން ސުންނަތްކަން ގަދަ ދުވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އާޝޫރާ ދުވަހަކީ ޖައްބާރު ފިރުއަޢުނުގެ ކިބައިން މާތް ﷲ މޫސާގެފާނު ސަލާމަތްކުރެއްވެވި ދުވަސް! ރޯދަ ހިފުން ސުންނަތްކަން ގަދަ ދުވަހެއް!

"އާޝޫރާ ދުވަހަކީ ޖައްބާރު ފިރުއަޢުނުގެ ކިބައިން މާތް ﷲ މޫސާގެފާނު ސަލާމަތްކުރެއްވެވި ދުވަހެވެ! އެއީ ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަހެކެވެ. މިއަހަރުގެ އާޝޫރާ ދުވަހަކީ 29 އޮގަސްޓްވާ ހޮނިހިރު ދުވަހެވެ. ވީމާ 28 ވާ ހުކުރު ދުވަހާއި 29 ވާ ހޮނިހިރު ދުވަހު ރޯދަ ހިފާށެވެ. 28 ވަނަ ދުވަހު ނުހިފުނު މީހާ 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު ރޯދަ ހިފާށެވެ!"

- ޝައިޚް ޢަލީ ޒައިދު

ސުންނަތް ރޯދައެއް ނަމަވެސް ރޯދައެއް ހިފުމަކީ އެމީހަކާއި ނަރަކަ އާއި 70 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެ ޢަމަލެކެވެ! 2 ދުވަހު ރޯދަ ހިފުމުން 140 ދުވަހުގެ ރާސްތާއަށް ދުރުކުރައްވަވާނެތެވެ! އެއިގެ އިތުރުން އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ކުރީއަހަރުގެ ފާފަތައް ފުއްސަވައިދެއްވަވާނެ ޢަމަލެއްކަން ޙަދީޘް ފުޅުން އެނގެން އެބަ އޮތެވެ! 

އެންމެ ދެދުވަހު ހިފާރޯދައިން އެއް އަހަރު ދުވަހުގެ ފާފަ ފުހެލަން ލިބޭ ފުރުޞަތު ދޫކޮށްނުލާށެވެ! އަހަރެމެންނަށް އަބަދުވެސް މިތިބެވީ އެކިވަރުގެ ފާފަތައް ކުރެވިކުރެވިއެވެ. އެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުން އެއީ ކޮންމެ މީހަކަށް ވެސް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ! ވީމާ މި ދެދުވަހު ރޯދަހިފައިލުމަކީ އެއްވެސް ކަމެއް ކަމުގައި ނުދެކި ރޯދަހިފައިލަމާހެއްޔެވެ؟

މިއަދު އޮންލައިން