އެމީހެއްގެ ފާފަތައް ނުފުއްސަވައި ﷲ ދޫނުކުރައްވަވާނެ މީހަކަށްވުމަށް ކުރަން ފަސޭހަކަމެއްގެ ވާހަކަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެމީހެއްގެ ފާފަތައް ނުފުއްސަވައި ﷲ ދޫނުކުރައްވަވާނެ މީހަކަށްވުމަށް ކުރަން ފަސޭހަކަމެއްގެ ވާހަކަ!: މުފްތީ މެންކް

ގިނަގިނައިން ތައުބާވުމާއިބެހޭ ގޮތުން ވަރަށް ގިންވާވަހަކަތައް ދެކެވިއްޖެއެވެ. މިރެގެ ދަރުސްގެ ތެރެއިން އިތުރު އެއްކަމެއް ފާހަކަގަކޮށްލާނަމެވެ! އެއީ އެމީހެއްގެ ފާފަތައް ނުފުއްސަވައި ﷲ ތާޢާލާ ދޫނުކުރައްވަވާނެ މީހެއްގެ ވާހަކައެވެ. 

އެފަދަ މީހަކަށްވުމަކީ ވަރަށް ފަސޭހައިންކުރެވެން އޮތްކަމެކެވެ. އިން ޝާ ﷲ! ހަމައެކަނި ކުޑަ ބަދަލެއް ގެންނަންވީ ކަންކުރުމުގެ ތަރުތީބަށެވެ!

އަހަރެމެންނަކީ ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފަދައިން ކޮންމެ ދުވަހަކުވެސް މަގުވެގެން 100 ފަހަރު އިސްތިޣްފާރުކުރާ ބައެކެވެ. ނުވަތަ އެކަންކުރަން އަދި މިހައި މިހައިތަނަށް ނުފެށި އޮތް ނަމަވެސް އަވަހަށްފަށާށެވެ! އެ ޙަދީޘްފުޅަށް އަމަލުކޮށް ސުންނަތަށް އަމަލުކުރާމީހަކަށްވާށެވެ! 

ގެންނަން އަހަރެންނަށް ފެންނަ ބަދަލަކީ އިސްތިޣްފާރުކުރުން ފަތިހަށް ބަދަލުކުރުމެވެ. ފަތިސް ނަމާދަށްފަހު އިސްތިޣްފާރުކުރަން އަވަސްވެގަތުމެވެ. އެއީ ހަމަ އެންމެ 3،4 މިނިޓަކުންވެސް ކުރެވޭނެ ކަމެކެވެ. 

އެއިރުން ވާނެގޮތަކީ އެދުވަހުގެ ކޮންމެ ވަގުތަކު ތިބާ މަރުވިނަމަވެސް ތިބާއަށް ހުރެވޭނީ އިސްތިޣްފާރުކޮށްގެންނެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށްގެންނެވެ! 

ވީމާ ނިކަންވިސްނައިލަބަލާށެވެ! ފާފަތައް ފުއްސަވައިދެއްވެވުމަށް އެދި ދެންނެވުމުން ފާފަފުއްސަވައި ދެއްވެވުމުގައި އެންމެ ދީލަތިވަންތަ، ރަޙްމާންވަންތަ، ރަޙީމްވަންތަ، އަދި އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުމުގައި އަވަސްވެވޮޑިގަންނަވާ ﷲ ތަޢާލާގެ ޙަޟްރަތުގައި ހެނދުނު ހެނދުނާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވައިގެން ހުއްޓައި މަރުވުމުން އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވަވާން ކަމަށް ވިސްނަންވެސް އަދި އެންމެ ކުޑަމިނުން އެފަދަ ގޮތަކަށް ޤަބޫލުކުރަންވެސް ހެޔޮނުވާނެ ނޫންހެއްޔެވެ؟ 

އަހަރެންގެ ނަބޭޙަތަކީ ފތިސްނަމާދަށްފަހު ކިޔާ ހެނދުނުގެ ޛިކުރުގެ ތެރޭގައި ހިމަނައިގެން މަދުވެސްގެން 100 ފަހަ އަސްތަޣްފިރުﷲ ކިޔައިގެން ހުރުމެވެ. ނުވަތަ އެނޫންވެސް އެފަދަ ދުޢާއެއް 100 ފަހަރު ކިޔަި ސުންނަތަށް ޢަމަލުކޮށްގެން ހުރުމެވެ. އެއިރުން އެމީހާ އެދުވަހު މަރުވެއްޖެ އެމީހާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން