ސުންނަތް ރޯދަވެރިންނަށް މުޅި ހަފްތާއެކުގަވެސް ބޮޑު ޢީދެއް! ހިތްވަރުކޮށްލުމުން ލިބެން އޮތް އުފާވެރިކަން ހާދަބޮޑޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސުންނަތް ރޯދަވެރިންނަށް މުޅި ހަފްތާއެކުގަވެސް ބޮޑު ޢީދެއް! ހިތްވަރުކޮށްލުމުން ލިބެން އޮތް އުފާވެރިކަން ހާދަބޮޑޭ!

ސުންނަތް ރޯދަ ހިފާމީހުން ހަފްތާ ފަށައިމިގަތީ އާޝޫރާ ދުވަހުގެ ރޯދައިންނެވެ. އެއްބައަކު ބުރަސްފަތު ހުކުރު ހޮނިހިރުގައި ރޯދަ ހިފިއިރު އަނެއްބައަކު ވަނީ ހުކުރު، ހޮނިހިރުގައި ރޯދަ ހިފައިފައެވެ. އަނެއްބައަކު ތިބީ މިއަދާއި މާދަމާ ގުޅުވައިގެން އާޝޫރާ ރޯދަހިފަން ތައްޔާރުވެގެންނެވެ. 

ކޮންމެގޮތެއްގައިނަމަވެސް އާޝޫރާ ރޯދަ އާދީއްތަ ދުވަހު ނިމޭނެއެވެ. ޖެހިގެން އަންނަނީ ރޯދަހިފުން ސުންނަތްކަން ގަދަވެގެންވާ ހޯމަ ދުވަހެވެ. ހޯމަދުވަހަށްފަހު އަންނަ އަންގާރަ ދުވަހަކީ މުޙައްރަމްމަހުގެ 13 ވަނަ ދުވަހެވެ. ބުދަ ދުވަހަކީ 14 ވަނަ ދުވަހެވެ. ބުރާސްފަތި ދުވަހަކީ 15 ވަނަ ދުވަހެވެ. ވީމާ ބުރާސްފަތި ދުވަހު ރޯދަހިފުމުން 15 ވަނަ ދުވަހު ރޯދަހިފުމާއި ބުރާސްފަތި ދުވަހު ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ 

ހުކުރާއި ހޮނިހިރު ގުޅުވައިގެން އާޝޫރާ ރޯދަހިފިމީހުންނަށް އާދީއްތަ ދުވަސް ޗުއްޓީކޮށްލެވިދާނެއެވެ. އަދި ބޭނުންނަމަ 3 ދުވަސް ހަމަކުރަން ކުރިއަށްވެސް ގެންދެވިދާނެއެވެ. ދެން މިފެށެނީ ހޯމަ ދުވަހުގެ ރޯދައިންނެވެ. ނިމެންމިއޮތީ ބުރާސްފަތިދުވަހުއެވެ. 

މިފަދަ މާތް، ދަރުމަހުރި ޢީދުތަކަކީ އެހައި ގިނައިން ލިބޭ ފުރުޞަތުތަކެއް ނޫނެވެ. ހިތްވަރުކޮށްލާފައި ބާރަށް ހިފަހައްޓައިލާށެވެ! ޤިޔާމަތް ދުވަހު ދެއްވަވާނެ ނިޢްމަތަށް އުންމީދުކުރާށެވެ! ހިފާ ކޮންމެ ސުންނަތް ރޯދައަކީވެސް އެމީހަކާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެ ޢަމަލެކެވެ.

މިއަދު އޮންލައިން