މާލޭގައި ހަމަ މިހާރު ފިރިއަކު އަނބިމީހާއަށް ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މާލޭގައި ހަމަ މިހާރު ފިރިއަކު އަނބިމީހާއަށް ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ

މިކިޔައިދެނީ ހަމަ މީގެ 14 ދުވަސް ކުރީގެ ކަމެކެވެ! މިވާހަކަ މިހިއްޞާކުރަނީ ހަމަ އެންމެންވެސް މިކަމާއިމެދު ވިސްނުމަށެވެ! ޢިބްރަތެއް ޙާޞިލުކުރުމަށެވެ. 

އަޅުގަނޑުގެ އަނބިމީހާއަކީ ގިނަ ބަލިތަކެއްގައި ފަރުވާކުރަމުން ގެންދާ އަންހެނެކެވެ. މާލެ އައިސް މިއުޅެނީ ވެސް އަނބިމީހާ ބަލިވެގެން ބޭސްފަރުވާއަކަށެވެ. ކުއްލިއަކަށް އަނބިމީހާގެ ބަލި އިތުރަށް ބޮޑުވިއެވެ. ކޮރޯނާ ވައިރަސް ޖެހުމުން ފެންނާނެ ހުރިހާ ޢަލާމާތްތަކެއް ފެންނަންފެށިއެވެ. ހޮސްޕިޓަލަށް ދިއުމުން ސާމްޕަލް ނެގިއެވެ. 

ސާމްޕަލް ނެގުމަށްފަހު ގެއަށް ދޫކުރުމުން ނުކުތްއިރު ގައިން ހުރީ ހީބިހި ނަގައިފައެވެ. ވާހަކަ ދައްކާނެ ހިތްވަރުވެސް ގައަކު ނެތެވެ. އިޙްޞާޞްކުރެވެމުން ދިއައީ އަނބިމީހާ ޕޮޒިޓިވްވެއްޖެ ނަމަ ދެން ކަންކަން ވާނެ ގޮތެވެ! އައިސޮލޭޝަނަސްގެންދާނެކަމެވެ. އެކަކު އަނެކަކަސް ނުފެނި އެތައް ދުވަހެއް ފާއިތުވެގެންދާނެކަމެވެ. ޙާލުބޮޑުވި ނަމަވެސް ބައްދަލުނުވާނެ ކަމެވެ. 

އެހެނަސް އަބަދުވެސް މާތް ﷲ އަށް ކުރާ އިތުބާރު ހަމަ ހިތުގައި އޮތެވެ! ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ ހަމަ އެންމެ ރަނގަޅަށްކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ. އެޔަޤީންކަމުގައިހުރެ ކޮންމެ ނަމާދެއްގެފަހުގައި މާތް ﷲ އަށް ދުޢާކުރަމުން ގެންދިއައިމެވެ. ޛިކުރުތައްވެސް ކީމެވެ. އަދި އަނބިމީހާ ޕޮޒިޓިވް ނުވެއްޖެނަމަ ޝުކުރުވެރިވުމުގެ ގޮތުން ރޯދައެއް ހިފުމަށް ނަދުރުވެސް ބުނީމެވެ. 

ނަތީޖާ ފޯނަށް ލިބޭނެ ވަގުތުގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާފައި ހުއްޓައި މެސެޖު ލިބުމުން ކިޔާލަން އަވަސްވެގަނެވުނެވެ. ކޮންފަދަ އުފާވެރިމެސެޖެއްކަމަށްތޯއެވެ؟ ނަތީޖާ "ނެގަޓިް" އެވެ! 

މިއަދުނޫހާއި މިވާހަކަ ހިއްޞާ މިކުރީ މިއަދުނޫހަކީ މިބާވަތުގެ ކަންކަމުގައި އެންމެ ގިނައިން ލިޔާ، ރައްޔިތުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ ނޫސްކަމަށްވުމުންނެވެ! މިއަދުނޫހުގެ ކިޔުންތެރިންނަށް މިބާވަތުގެ ޙަޤީޤީ ހާދިސާތަކުން ފައިދާކުރާނެކަން އެނގޭތީއެވެ.

- މައުލޫމާތު: މިއަދުނޫހުގެ ކިޔުންތެރިއެއް 

ކުރާ ކޮންމެ ދުޢާއެއް ވަގުތުން ޢިޖާބަ ނުކުރައްވަވައިފާނެއެވެ! ނަމަވެސް އިޚްލާޞްތެރިއަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! ދެމަފިރިން އެކަކު އަނެކަކަށްޓައި ކުރާ ހެޔޮ ދުޢާއަކީ ޢިޖާބަކުރައްވަވާނެ ދުޢާއެކެވެ! އިން ޝާ ﷲ

މިއަދު އޮންލައިން