ނަރަކައިގެ އެންމެ އަޑީގަ އެންމެ ގަދަފަދަ ޢަޛާބުލިބޭ މީހަކަށް ނުވުމަށް މިކަންކަމަށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ނަރަކައިގެ އެންމެ އަޑީގަ އެންމެ ގަދަފަދަ ޢަޛާބުލިބޭ މީހަކަށް ނުވުމަށް މިކަންކަމަށް ވިސްނައިލާށެވެ!

ނަރަކައިގައި 7 ވަތްގަނޑު ވެއެވެ. އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނީ އެންމެ ދަށު ވަތްގަނޑުގައި ތިބޭނީ މުނާފިޤުންނެވެ. "ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ!" (އަންނިސާ: 145) 

ތިމާއަކީ ﷲ ތައާލާއަށް އީމާންވެގެން ހުރި މުއުމިނެއް ކަމުގައި ދުލުން ބުނި ނަމަވެސް އެބަހުގެ ތެދުކަން އަމަލުން ނުދައްކާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. ވީމާ ދުލުން ބުނާ ބަހާއި އެއްގޮތަށް އަމަލުކުރަން މަސައްކަތްކުރާށެވެ! 

ދުލުން ބުނާ ބަހާއި ކުރާ ޢަމަލު ދިމާނުވުމަކީވެސް މުނާފިޤުންގެ ސިފައެއްކެވެ. އަމާނާތަށް ޚިޔާނާތްތެރިވުމާއި ވަޢުދު ނުފުއްދުމަކީވެސް މުނާފިޤުންގެ ސިފައެކެވެ. ތމާ ނަމާދުކުރާކަން އެހެން މީހުންނަށް ދައްކަން ނަމާދުކުރުމަކީވެސް މުނާފިޤުންގެ ސިފައެވެ. ތިމާކުރާ ނަމާދުގެ ފުރިހަމަކަން ދެއްކުމަށް ކަންކަން ކުރުމަކީވެސް މުނާފިޤުންގެ ސިފައެކެވެ. 

ނަރަކައިގެ އެންމެ އަޑީގައި އެންމެ ގަދަފަދަ ޢަޖާބު ލިބޭ މީހަކަށް ތިމާވެދާނެކަމަށްޓަކައި ބިރުވެތިވާށެވެ! ދުލުން ބުނާ ބަހާއި އެއްގޮތަށް ޢަމަލުކުރާމީހަކަށްވާށެވެ! ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިކަން އިސްކުރާށެވެ! 

- އިސްލާމީ ތިލަފަތގެ ދަރުސަކުން

މިއަދު އޮންލައިން