ދިއްދޫ މި ދެމަފިރިންގެ އެންމެބޮޑު އުފަލަކީ ފަންސާސް ތިން ކާފަ، މުނިކާފަ ދަރިންގެ ލޯތްބާ ކުލުނު! - އަދިވެސް ދަރިންގެ ޚިދުމަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދިއްދޫ މި ދެމަފިރިންގެ އެންމެބޮޑު އުފަލަކީ ފަންސާސް ތިން ކާފަ، މުނިކާފަ ދަރިންގެ ލޯތްބާ ކުލުނު! - އަދިވެސް ދަރިންގެ ޚިދުމަތުގަ!

"ހއ.ދިއްދޫ/ ބުލޫހައުސް ޢަބްދުލްޢަޒީޒު މުޙައްމަދާއި ސަކީނާ އަޙްމަދުގެ ދެމަފިރިންނަށް ލިބޭ އެންމެބޮޑު އުފަލަކީ 31 ކާފަ ދަރިންނާއި 22 މުނިކާފަ ދަރިންގެ ފަރާތުން ލިބޭ ހިފެހެއްޓުމްނެތް ލޯތްބާއި ކުލުނު." މިއީ ޖެންޑަރ މިނިސްޓްރީންކޮށްފައިވާ ޓްވީޓެކެވެ!"

މިއީ ޖެންޑަރ މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެކެވެ. ކާފަ މާމަ ދުވަސް ފާހަގަކުރަން ކުރާ ކަންކަމުގެ ތެރެއިންނެވެ. ޓްވީޓުގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ. މާމަ އެބުނަނީ އަދިވެސް ދެމަފިރިންތިބީ ދަރިންގެ ޚިދުމަތުގައި ކަމަށެވެ. 

"ސުވަރުގޭގައި އެމީހުން ތިއްބައި އެމީހުންގެ ދަރަޖަ އުފުލިގެންދާނެއެވެ. އެމީހުން ދުނިޔޭގައި ކުރި ހެޔޮ އަމަލުތަކަށް ޙައްޤު މިންވަރު ލިބި ޙައްޤު ދަރަޖައިގައި ސުވަރުގޭގައި ތިއްބައި އިތުރު މަސައްކަތަކާއި ނުލައި އެމީހުންގެ ދަރަޖަ އުފުލުނު ސަބަބާއިމެދު އެމީހުން ސުވާލުކުރާނެތެވެ! ޖަވާބުގައި އެބައިމީހުންނަށް ބުނެވޭނެތެވެ! ތިއަބައިމީހުންގެ ދަރިން ކުރި ދުޢާގެ ސަބަބުންނެވެ!" 

މިޙަދީޘްފުޅުން އެނގިގެން މިދަނީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމުން ލިބެން އޮތް ބޮޑު ފައިދާއެވެ. ވީހައި ގިނަ ދަރިން ތަރުބިއްޔަތުކުރުމުން އެކުދިންގެ ދުޢާއިން ލިބެން އޮތް ފައިދާއެވެ. 

ރަސޫލް (ޞޢވ) ލޯބިފުޅުވެވަޑައިގަންނަވަނީ އިތުރުއެކަލޭގެފާނުގެ އުންމަތް ފުޅައުވުމަށެވެ. ބޮޑުވުމަށެވެ. މާނައަކީ ވީހައި ގިނަ މީހުން އުންމަތުގައި ތިބުމެވެ. މިއީ ޙަދީޘްފުޅުތަކުން އެނގި ސާބިތުވާން ހުރި ކަންކަމެވެ. 

މިފަދަ ޙަދީޘްފުޅުތައް ފެންނަން ހުއްޓައިމެ ސަރުކާރުން ދޭ ފެހިފަތް ރަށަށް ހޯދުމުގެ ބޭނުމުގައި ދަރިން ނުހޯދަން ރާއްޖޭގައި ހިންގި ކެޕޭނަކީ ދިވެހި ދައުލަތުން އިސްލާމް ދީނާއި ދެކޮޅަށް ހިންގި އެންމެ ވަރުގަދަ އެއް ކެންޕޭނެވެ!

 

މިއަދު އޮންލައިން