ރަޙްމަތްތެރިޔާގެ އަގުވަޒަންކުރަންވީ އެހީވާވަރު ބަލައިގެނެއް ނޫން! ދޭ ފައިސާތަކަކަށްވުރެ ކޮށްދޭ އެންމެ ދުޢާއެއްގެ ފައިދާ މާބޮޑުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަޙްމަތްތެރިޔާގެ އަގުވަޒަންކުރަންވީ އެހީވާވަރު ބަލައިގެނެއް ނޫން! ދޭ ފައިސާތަކަކަށްވުރެ ކޮށްދޭ  އެންމެ ދުޢާއެއްގެ ފައިދާ މާބޮޑުވެދާނެ!

މިހާރަކަށް އައިސް ރަޙްމަތްތެރިކަމުގެ އަގު ވަޒަންކުރަނީވެސް އެމީހާގެ ކިބައިން ތިބާއަށް ލިބޭ އެހީތެރިކަމަށް ބަލައިގެންނެވެ. އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. ކޮންމެ މީހަކީ ކޮންމެ ކަމެއްގައި ތިމާއަށް އެހީތެރިވެދެވޭނެ މީހަކަށްނުވެދާނެއެވެ! 

ރަނގަޅަށް ވިސްނައިލާށެވެ! މީހަކު ފޯރުކޮށްދޭ އެހީތެރިކަމަށްވުރެ އަނެކާ ތިބާއަށްޓަކައި ކުރާ ހެޔޮދުޢާއިން ތިބާއަށް ކުރާ ފައިދާ މާބޮޑުވެދާނެއެވެ! އަދި ކޮންމެ މީހަކީ ހެޔޮ ދުޢާކުރުމަށްފަހު ތިބާ ގާތު ބުނާނެ މީހަކަށްވެސް ނުވެދާނެއެވެ. އެންމެ ފައިދާކުރާނެ ދުޢާއަކީ އަނެކާއަށް ނުއަންގައި ސިއްރުން އޭނާއަށްޓަކައި ކުރާ ހެޔޮ ދުޢާއެވެ. 

ވީމާ ރަޙްމަތްތެރިންގެ އަގުވަޒަންކުރަންވީ އެމީހުންގެ އިޚްލާޞްތެރިކަމުންނެވެ. ތިމާއަށް ދޭ ހެޔޮ ނަޞޭޙަތުންނެވެ. ހެޔޮ ޢަމަލުތައްކުރަން ބާރުއަޅާ މިންވަރުންނެވެ. އެންމެ ދަތިހާލުގައި ތިމާ ހުންނަ ވަގުތުގައިވެސް ތިމާ އާއި ބަހައްޓާ ގާތްކަމާއި ދޭ ހިތްވަރުންނެވެ. އަދި އެމީހަކީ ތިމާގެ ޢާއިލީ ދިރިއުޅުން، ޒަވާޖީ ޙަޔާތް ކުރިއަރުވައިދޭން މަސައްކަތްކުރާ މީހެއްނަމަ އެކަމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރަންވާނެއެވެ. 

ތިމާއަށް ކަންކަމުގަ އެހީތެރިވާ ރަޙްމަތްތެރިންނަށް ވެސް އަދި އެހީތެރިނުވެވޭ ރަޙްމަތްތެރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރާށެވެ! "ޔާ ﷲ! މިއަޅާގެ ރަޙްމަތްތެރިންނަށް (މިވެނި ރަޙްމަތްތެރިއަކަށް) ތަނަވަސްކަމާ ދުޅަހެޔޮ ޞިއްހަތާ އުފާވެރިކަމާ ސަލާމަތާ ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ!" އާމީން

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން