މިއީ ދުނިޔޭގެ ނިޞްބަތުން ރާއްޖޭގަ ކޮރޯނާ ޖެހޭ މީހުން ގިނަ ނަމަވެސް ނުރައްކާތެރި ނުވާކަމަށްޓަކާ ޝުކުރުވެރިވާން އަވަސްވާންވީ ވަގުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މިއީ ދުނިޔޭގެ ނިޞްބަތުން ރާއްޖޭގަ ކޮރޯނާ ޖެހޭ މީހުން ގިނަ ނަމަވެސް ނުރައްކާތެރި ނުވާކަމަށްޓަކާ ޝުކުރުވެރިވާން އަވަސްވާންވީ ވަގުތު!

ކޮންމެ ދުވަހަކު ކޮރޯނާ ޖެހޭ މީހުންގެ އަދަދު މިއުޅެނީ 100 އާއި 200 އާއިދެމެދުގައެވެ. މިއީ އާބާދީއަށް ބަލައިފިނަމަ ދުނިޔޭގެ ފެންވަރުގައި ރެކޯޑް ޢަދަދެކެވެ. މިހައި ގިނަ ބައަކު ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގައި ޙާލުބޮޑުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހައި މަދުވެފައިމިވަނީ މާތް ﷲ ގެ ރަޙްމަތްފުޅުންނެވެ! މިއީ ހަމަ އެކަކަށްވެސް ދެބަސްވެވެން އޮތްކަމެއް ނޫނެވެ. 

ކޮރޯނާ އިންވެސް އަދި އެހެން ބަލިތަކުންވެސް އަދި އެންމެހައި މުޞީބާތްތަކުންވެސް ސަލާމަތްކަން ލިބުން އޮތީ މާތް ﷲ އަށް ބިރުވެތިކަން އިތުރުކޮށް ސަޖިދަކުރުން ގިނަކުރިވަރަކުން ކަމަށް ދުނިޔޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިން އެގެންދަވަނީ ހާމަކުރައްވަވަމުންނެވެ. އެއީ ހަމަ އެކަން އޮތް ގޮތެވެ! 

މިޙާލަތުގައި އޮތީ މާތް ﷲ އަށް ޝުކުރުވެރިވުން އިތުރުކުރުމެވެ. ޝުކުރުވެރިވާން ކުރަން އޮތް ކަމަކީ ސަޖިދަކުރުން ގިނަކުރުމާއި ދުޢާކުރުން ގިނަކުރުމެވެ. އެކަމަށް އެންމެ ބޮޑެތި މަޝްހޫރު ދީނީ ޢިލްމުވެރިން އެގެންދަވަނީ ގޮވާލައްވަމުންނެވެ. ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ. 

ކޮރޯނާފަދަ ބަލިތަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ ވަރަށް ބޮޑެވެ! ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ޢަމަލުކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. އެޒިންމާ އަދާކުރަންވީ ފުލުހުންނަށް ބިރަކުން ނޫނެވެ. ތިމާ އާއި ޤައުމާއި އެންމެހައި ރައްޔިތުންގެ ސަލާމަތަށެވެ! 

މިސްކިތަށް ޖަމާއަތަށްދާށެވެ! ޤަމަތްދެންދެން ދުރުދުރުގައި ތިބެ އެބަ ސުންނަތް ކުރެވެއެވެ. ނަމާދުގައި ގައިގޯޅިކޮށް މިތިބެނީ 5 މިނިޓެއްހައިއިރުއެވެ. މާސްއަޅައިގެން އެހައިއިރު ސަފުތަކުގައި ތިބުމަކީ ކޮންޓެކްޓަކަށްވާނެ ސަބަބެއް ނޫނެވެ. ޞިއްޙީ މާހިރުންގެ ބަސްފުޅުތަކުން އެކަން ކަށަވަރުކުރެވެއެވެ. 

މިސްކިތުގެ ޖަމާއަތަށް ޤަވާއިދުންދާ މީހުންނާއި ކޮންމެ ޖަމާއަތެއްގައިވެސް ބައްދަލުވެއެވެ. އެކަމުން އެނގެނީ އެމީހުންނަށް ރައްކައުތެރިކަން ލިބިގެންވާކަމެވެ. އިން ޝާ ﷲ

ޖަމާޢަތުގައި ބައިވެރިވާށެވެ! ޤުނޫތަށް އަތް އުފުލައި ދުޢާގައި ބައިވެރިވާށެވެ! ގިނަ ބައަކު އެކަމަކަށް އެދި ދުޢާކުރާނަމަ އެކަމެއް އަވަހަށް ފުއްދަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން