ﷲ މިންވަރުކުރައްވާފައިވާ ޢާއިލާއާމެދު ރުހޭ ބައެއްކަމުގައި އަޅުގަނޑުމެން ވާންޖެހޭ!: އަލްއުސްތާޛާ އަނާރާ ނަޢީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ﷲ މިންވަރުކުރައްވާފައިވާ ޢާއިލާއާމެދު ރުހޭ ބައެއްކަމުގައި އަޅުގަނޑުމެން ވާންޖެހޭ!: އަލްއުސްތާޛާ އަނާރާ ނަޢީމް

ފާއިތުވި ހަފްތާގައި ވާހަކަ ދައްކާފައިވާނީ ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ ކަމަށް  

އިލްމުވެރިން ބަޔާންކުރާ ބައެއްކަންކަމާއިބެހޭގޮތުން- 

އެގޮތުން ޢާއިލާއާމެދު ތިބާ ޢަމަލުކުރި ގޮތަކާއި ބެހޭގޮތުން ސުވާލުކުރެވޭނެކަމަށް އިލްމުވެރިން ބަޔާންކުރައްވާ. 

ޢާއިލާއަކީ ވަރަށް ބޮޑު ނިޢުމަތެއް. ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކުރައްވާފައިވާ ޢާއިލާއާމެދު އަޅުގަނޑުމެން ރުހޭ ބައެއްކަމުގައި ވާންޖެހޭ. އެގޮތުން ޢާއިލާއަކަށް ބަލާއިރު ޢާއިލާގައި ތިބޭނީ މައިން ބަފައިން. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުޢާންގެ ވަރަށް ގިނަ އާޔަތްތަކެއްގައި ބަޔާންކުރައްވާފައިވޭ. 

ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމާއި ވިދިގެން މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް އެއާޔަތްތަކުގައި ބަޔާންކުރައްވާފައިވޭ. ހަމަ އެގޮތަށް މައިން ބަފައިން ދެކެ ހިތްހަމަ ނުޖެހިގެން އުފްވެސް އެހާމިންވަރަށްވެސް ނުބުނުމަށް ބަޔާންކުރައްވާފައިވޭ.

ދެން ޢާއިލާގައި މިތިބެނީ އަނބިން ނުވަތަ ފިރިން. ކައިވެންޏަކީ ވަރަށް ވަރުގަދަ އަހުދު ކަށަވަރެއްގެ ގޮތުން ކީރިތި ޤުރުޢާންގައި ބަޔާންކުރައްވާފައިވޭ. އައްނިސާ ސޫރަތުގެ އެކާވިސްވަނަ އާޔަތުގައި. އެހެންވީމާ ކައިވެންޏަށް ރައްކާތެރިވުން މިއީ ކޮންމެ އަނތްބަކުންވެސް އަދި ފިރިޔަކުވެސް ސަމާލުވާންޖެހޭ ކަމެއް. 

ދެން ކައިވެންޏަކަށްފަހު މިއަންނަނީ ދަރިންގެ ހައްޤުތައް. ދަރިން ލިބުމުން ދަރިންނަކީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ. އަދި އެދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ގޭތެރެއިންވެސް އެބަ ދޭންޖެހޭ. އަދި ރަނގަޅު ތަރުބިއްޔަތަކާއި ތަޢުލީމެއްގެ މަތީ އެކުދިން ބޮޑު ކުރަންޖެހޭ. އެއީ ވަރަށް ބޮޑު ވާޖިބެއް މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ. 

އެހެންވީމާ އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް އާއިލާތަކަށް ދޭންވާ ވަގުތު ދީ އާއިލާތަކަށް އަޅާލުމާއި ލޯބިދޭ ބައެއްގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުން. އަދި އާއިލާއިން އުފާވެރިކަން ލިބިގެން ދިއުން. 

- އަލްއުސްތާޛާ އަނާރާ ނަޢީމް

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން