ނަމާދަށް ހުއްޓާ ފޯނުވެއްޖެ ނަމަ ނަގާފަ ނަމަވެސް ނިއްވާލާށެވެ! އިތުރު ޙަރަކާތަކަށް ނުވާނެއެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ނަމާދަށް ހުއްޓާ ފޯނުވެއްޖެ ނަމަ ނަގާފަ ނަމަވެސް ނިއްވާލާށެވެ! އިތުރު ޙަރަކާތަކަށް ނުވާނެއެވެ!: ޑރ. އިޔާޟް

މިހާރަކަށް އައިސް ކޮންމެ މީހަކީހެން ފޯނު ގެންގުޅޭ މީހަކަށްވާއިރު ގިނަ ބައަކު ނަމާދަށް އަރަނީ ފޯނު ހިފައިގެންނެވެ. ނަމާދުގެ ކުރިން ފޯނު ނިއްވާލަން ނުވަތަ ސައިލެންޓަށްލާމް ބޭނުންވި ނަމަވެސް ހަނދާން އެކަން ނުކުރެވޭ ފަހަރު އައުދެއެވެ.

މިހާރަކަށް އައިސް ބަންގި ގޮވުމުން ނަމާދުކުރަން އަވަސްވެގެންނަ މީހުން މަދެވެ. އެފަދަ މީހުންނަށް ނަމާދަށް ބަންގިގޮވާ ވަގުތު ނުވެސް އެނގެއެވެ. އެމީހާ އެކަމަށް ސަމާލުކަން ނުދޭތީ އަނެކާ ހުންނާނީ ނަމާދަށްކަމަށް ނިވިސްނައި ފޯނުކުރެއެވެ. 

މިފަދަ ޙާލަތު މެދުވެރިވުމުން ޖީބުގައި ފޯނުބާއްވައިގެން ނަމާދުކުރާ ބައެއް މީހުން ފޯނު ކަނޑާލައެވެ. ކަނޑާލާއިރަށް އަނެއްކާވެސް ގުޅައެވެ. 3،4،5 ފަހަރުވެސް ގުޅައެވެ. ކުރިމަތީގައި ފޯނު ބާއްވައިގެން ނަމާދުކުރާ މީހުން އިތުރު ޙަރަކާތަކަށްވެދާނެތީ އެކަމަށް އަޅައިވެސް ނުލައެވެ. 

މިފަދަ ކަންކަން މެދުވެރިވުމުން މައްސަލަ ކުރިމަތިވަނީ ހަމައެކަނި ފޯނުގެ ވެރިމީހާއަކަށް ނޫނެވެ. ޖަމާޢަތުގައި ނަމާދުކުރަން ތިބޭ ގިނަބައަކަށް އުނދަގޫވެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ގެއްލިގެންދެއެވެ. ވީމާ ޤަޞްދެއް ނެތްނަމަވެސް އެކަމުގެ ސަބަބުން ގިނަބައެއްގެ ނަމާދަށް އުނިކަން ލިބިގެންދެއެވެ. 

މިއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! މިއީ ވަރަށް ބޮޑު ކަމެކެވެ. އެތައް ބައެއްގެ ނަމާދަށް އުނިކަން އަންނަކަމެއް ތިމާގެފުށުން ކުރެވުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ! މިކަމުގައި ޝައިޠޯނާވެސް އޭނާގެ ދައުރު އަދާކުރެއެވެ. ނަމާދަށް ހުންނަ މީހާއަށް ގުޅަން އެހެން މީހަކަށް ވިސްނައިދީ ގުޅުވައެވެ. އެއީ މީސްތަކުންގެ ނަމާދު ހަލާކުކުރުވުމުގެ ބޭނުމުގައެވެ. ޚުޝޫޢަތްތެރިކަމުން ދުރުހެލިކުރުވުމަށެވެ. 

ވީމާ ފުރަތަމަ ކަމަކީ ނަމާދަށް ފެށުމުގެ ފޯނު ނިއްވާލުމަށް ސަމާލުކަން ދިނުމެވެ. ނިއްވައި ލެވެން ނެތް މީހާ ސައިލެންޓަށްލާށެވެ! ނުވަތަ އެއާޕްލޭން މޯޑަށްލާށެވެ! ހަނދާން ނެތިގެން އެކަން ނުކުރެވި ނަމާދަށް ހުއްޓައި ފޯނު ރިންގވެއްޖެނަމަ ނަގައި ރިންގނުވާނެގޮތް ހަދާށެވެ! ތިމާގެ ސަބަބުން އެހެން ބައެއްގެ ނަމާދަށް އުނިކަން ލިބުމުން ސަލާމަތްކުރުވުމަށެވެ!

މިދެއްކީ ޖަމާއަތުގައި ނަމާދުކުރުމުގެ ވާހަކައެވެ. އެކަނިހުރެ ނަމާދުކުރިނަމަވެސް ހަމަ މިގޮތަށް އަމަލުކުރާށެވެ! މިސްކިތުގައި ތިބޭ އެހެން މީހުންނަށް އުނދަގޫވިއަ ނުދިނުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ނަމާދަށް ހުއްޓައި ފޯނު ރިންގވެއްޖެނަމަ ރިންގ ނުވާނެ ގޮތް ހެދުމަކީ އިތުރު ޙަރަކާތަކަށް ނުވާނެ ކަމަށެވެ. ތިމާ އާއި އެހެން މީހުންގެ ނަމާދަށް އުނދަގޫވުމުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން