ޝައްކުގެ މައްޗަށް ގޮތް ނިންމައި ކައިވެނި ރޫޅުން ފަދަ ކަންކަންކުރަން ބިރުވެތިވާންޖެހޭ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޝައްކުގެ މައްޗަށް ގޮތް ނިންމައި ކައިވެނި ރޫޅުން ފަދަ ކަންކަންކުރަން ބިރުވެތިވާންޖެހޭ އެންމެ ބޮޑު ސަބަބު!

ކައިވެނި ރޫޅުމަކީ އެންމެ ގިނަ ބައަކަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައެވެ.

އެންމެ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުން އަންނަ ސަބަބެވެ! މައިންބަފައިން ދިރިތިބެމެ އަމިއްލައަށް ދަރިން ޔަތީމްކުރެވެމުން ކުރެވެމުން އަންނަ ސަބަބުވެސްމެއެވެ. އަދި އަނހެނުންގެ ތެރެއިން އެންމެ ގިނަބައަކަށް އެންމެ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުން އަންނަ ސަބަބުވެސްމެއެވެ. އެހެންކަމުން އިޖުތމާޢީ ގޮތުން ބެލިނަމަވެސް މިއީ މިއީ މުޖުތަމައުގައި އޮތް އެންމެ ބޮޑު މައްސަލަކަމަށްމިވަނީ ވެފައެވެ.

ރޫޅެމުންދާ ކައިވެނިތަކަށްބަލާއިރު ގިނަ އަދަދަދެއްގެ ކައިވެނިތައް ރޫޅެން މެދުވެރިވާ އެއް ސަބަބަކީ ހިތުގައި އުފެދޭ ޝައްކެވެ. އެ ޝައްކުގެ ސަބަބުން އުފެދޭ ފިތުނައެވެ. ފިތުނައިގެ ސބަބުން އުފެދޭ ޙަސަދައެވެ. 

ދެވަނަކަމަކަށް ވިސްނައިލަންވީ ތިމާއަށް ހެޔޮއެދޭ އެކުވެރިންނާއި ވަކިވާންޖެހޭ ސަބަބަށެވެ! އެކަމުގެ ސަބަބަކަށްވެސް ވަރަށް ގިނަ ފަހަރުވެފައި އޮންނަނީ ހިތުގައި އުފެދޭ ކުށްހީތަކެވެ. ކުރެވޭ ޝައްކުތަކެވެ. ވީމާ ވިސްނައިލަންވީ މިކަމާއި ގުޅިގެން އޮތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށެވެ.  

(އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބައަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖްރާތު: 12)

މިއާޔަތަށް ބަލައިފިނި ކުށްހީތައްކޮށް، ޝައްކުގެ މައްޗަށް ޢަމަލުނުކުރުމަށް ވަޙީކުރައްވަވާފައި ނިންމަވައިލެއްވެވީއެއް ނޫނެވެ. ޖާސޫސް ނުކުރުމަށާއި މީސްތަކުންނާއިމެދު ނުބައި ވާހަކަތައް ދައްކައި ނުފެތުރުމަށްވެސް އެވަނީ އަމުރުފުޅުކުރައްވަވައިފައެވެ. އެއަށްފަހު އަމުރުފުޅުކުރައްވަވާފައި އެވަނީ ތަޤްވާވެރިވުމަށެވެ.

ޝައްކުގެ މައްޗަށް ގޮތް ގޮތް ނިންމައި ކައިވެނި ރޫޅައި މިތުރުން ހަތުރުންނަށް ހެދުން ފަދަ ކަންކަންކުރަން ބިރުވެތިވާންޖެހެނީ ﷲ ތަޢާލާގެ އަމުރުފުޅަށް ބިރުވެތިވުމަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ! ތަޤްވާވެރިވުމަށެވެ! 

އަބަދުވެސް އިލްތިމާސް މިކުރަނީ ހިތުގައި އުފެދޭ ޝައްކުތަކުގެ ޙަޤީޤަތް ހޯދުމަށެވެ. ސުލާއުފެދޭ ކަންކަން މެދުވެރިވުމުން ސުވާލުކޮށް ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށެވެ. ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަނުކޮށް ފިޔަވަޅު ނުއެޅުމަށެވެ! އަދި އަޅާ ފިޔަވަޅަކީ ހަރުދަނާ، ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޅާ ފިޔަވަޅަކަށް ހެދުމަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން