ފެންނަ ހުވަފެނާމެދު ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފެންނަ ހުވަފެނާމެދު ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!

ފެންނަ ހުވަފެނުގެ ތެރޭގައި ޢާންމުކޮށް ހިމެނެނީ 3 ބާވަތެއްގެ ހުވަފެނެވެ. ފުރަތަމަ ބާވަތަކީ ﷲ ތަޢާލާ އެމީހަކަށް ދައްކަވާ ކަންކަމެވެ. ދެވަނަ ބާވަތަކީ ޝައިޠޯނާ ދައްކާ ކަންކަމެވެ. 3 ވަނަ ބާވަތަކީ އެމީހަކު ކަމަކާއިމެދު ފިކުރުކުރާނަމަ އެކަމުގެ ސަބަބުން ފެންނަ ހުވަފެންތަކެވެ. 

ފެންނަ ހުވަފެން ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށް ހިންމަވައި ދެއްވަވާނެތެވެ. އުންމީދާއިއެކު ދުޢާކުރަމުން ކާމިޔާ ދެއްވަވާނެތެވެ. ޔޫސުފް ސޫރަތުން އެކަން އެނގިގެންދެއެވެ. 

ހުވަފެނުގައި ތިބާ ހެޔޮ އަމަލެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަމެއް ކުރަން މަސައްކަތްކުރާށެވެ! ތިބާ ޢާންމުކޮށް ނުކުރާ އަޅުކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަމެއް ކުރަން އަވަސްވެގަންނާށެވެ! އެހުވަފެނަކީ އެކަމެއް ކުރުމަށް ތިބާއަށް ކުރެއްވެވި އިލްހާމެއްކަމަށް ދެކޭށެވެ! 

ހުވަފެނުގައި މައިންބަފައިން ފެނިއްޖެނަމަ އެމީހުންނަށްޓަކައި ހެޔޮދުޢާކޮށް ޞަދަޤާތްކުރުން ފަދަ ކަންކަންކުރާވެ! އެމީހުން ދުނިޔޭގައި ތިބިނަމަ އެމީހުންނާއި ބައްދަލުކުރާށެވެ! ފޯނުންނަމަވެސް ގުޅައި ޙާލުބަލާށެވެ! އެމީހުން ތިބީ ތިބާގެކިބައިން ކަމަކަށް އެދިގެންކަމަށްވެދާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން