ކީރިތި ޤުރްއާން ހިތުދަސްކުރެވުމުން އެމީހަކަށް އަހަރެމެން މިކިޔަނީ ހާފިޡް ނުވަތަ ޙާފިޡާއެވެ. އެބަހގެ މާނައަކީ ކީރިތި ޤުރްއާން ޙިމާޔަތްކޮށްގެންހުރިމީހާއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެވުމުން އެފޮތް ޙިމާޔަތްކޮށްގެން ހުރި މީހާކަމަށް އެވަނީ އެމީހާގެ ހިތުގައި އެފޮތް ރައްކައުތެރިކުރެވިފައިވާތީއެވެ.
ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވަނީ ކީރިތި ޤުރްއާނަކީ ޛިކުރެއްކަމުގަ އާއި އެފޮތް އެކަލާނގެ ޙިމާޔަތްކުރައްވަވާނެކަމަށެވެ. އެހެންކަމުން ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ހުންނަ މީހާ، ރަނގަޅު ގޮތުގައި އަމަލުތައް ބަހައްޓަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާ ޙިމާޔަތްކަން ދެއްވަވާނެތެވެ!
ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ހުންނަ މީހާ ރަނގަޅުގޮތުގައި އަމަލުތައް ބަހައްޓައި އެކަމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ އެމީހާގެ ހިމާޔަތުގައި ﷲ ތަޢާލާ ޚާޞަ "ޓީމެއް" (މަލާއިކަތުން) ލައްވަވަތެވެ. އެއީ އޭނާ ﷲ ތަޢާލާގެ ބަސްފުޅުތައް ޙިމާޔަތްކޮށްގެން ހުރީތީއެވެ!
ތިމާގެ ޢުމުރަށް ނުބަލާށެވެ! ކީރިތި ޤުރްއާން ހިތުދަސްކުރަން ހިތުލައި ކޮންމެ ދުވަހަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކުރާށެވެ! ކުޅަދާނަކަން ހުރިނަމަ އިތުރުކުރާށެވެ. ﷲ ތަޢާލާ ނިޢްމަތް މިންވަރުކުރައްވަވަނީ ތިމާގެ ނިޔަތާއި އެކަމަށް އެދިގެން ކުރާ މަސައްކަތަށެވެ! ތިބާގެ ނަން ކީރިތި ޤުރްއާން ހިތުދަސްކުރި މީހުންގެ ލިސްޓުގައި ލިޔުއްވިގެންވުމަށް އުންމީދުކުރާށެވެ!
މީހަކު ނަމާދަށް ދަނިކޮށް މަރުވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެމީހާއަށް އެ ނަމާދުކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އެއީ އޭނާ ނަމާދުކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރީތީއެވެ! ބޭނުންވަނީ އިޚްލާޞްތެރި ނިޔަތާއިއެކު ހެޔޮ ޢަމަލުތައް ގިނަކުރަން މަސައްކަތްކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
الّلهُمَّ أَعِنِّى عَلَى حِفْظِ كِتَابِكَ
ޔާ ﷲ! އިބައިލާހުގެ ފޮތް ހިތުދަސް ކުރުމަށް މިއަޅާ އަށް އެހީތެރިވެ ވޮޑި ގަންނަވާނދޭވެ!
ކީރިތި ޤްރްއާން ހިތުދަސްކުރަން އެދިގެން ކުރަން އޮތް ދުޢާއެއް! (ޝައޚް މުޙައްމަދު ޝާފިޢު)