ޢިޝާ ނާމާދުން ފައިބައިގެން ގެއަށްގޮސް ކާއެތިކޮޅަކާހުރެ ޘަވާބުކޮޅު އުކައިލާމީހަކަށް ނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢިޝާ ނާމާދުން ފައިބައިގެން ގެއަށްގޮސް ކާއެތިކޮޅަކާހުރެ ޘަވާބުކޮޅު އުކައިލާމީހަކަށް ނުވާށެވެ!: މުފްތީ މެންކް

ބައެއް ބައްޕައިންގެ ކިބައިން ފެންނަ ވަރަށް ނުރަނގަޅު ކަމެއް ފާހަގަކޮށްލާނަމެވެ. ޢިޝާ ނަމާދު ނިމިގެން ގެއަށްދާއިރު ކާން ނުހަދައި ހުރެއްޖެ ނަމަ އެބަ ޒުވާބުކުރަން ފަށައެވެ. މިކުރެވޭ ކަމަކީ ނުހަނު ބުރަ ަމސައްކަތުން ލިބިގަތް ޘަވާބުކޮޅު އުކައިލުން ނޫންހެއްޔެވެ؟ 

ނަމާދުން ފައިބައިގެންދާއިރުވެސް އޮފީހުން ނިމިގެންދާއިރުވެސް އަދި އެހެން ވަގުތަކު ނަމަވެސް ކާން ނުހެދި ހުރެއްޖެ ނަމަ، އަދި ކާން ހަދައިދެވެދެން މަޑު ނުކުރެވޭވަރަށް ބަނޑުހައިވެގެން ހުރިނަމަ ޒުވާބުކުރަން ފެށުމުގެ ބަދަލުގައި އަމިއްލަ އަތުން ކާން ހަދައިގެން ކައިލާށެވެ. ދަރިންނަށްވެސް ކާން ހަދައިދޭށެވެ! އެއިރުން ދަރިންނަށް ދަސްކޮށް އެދެވެނީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. އެކުދިން ބޮޑެތިވުމުން ވެސް ފައިދާކުރާނެ ފިލާވަޅެކެވެ. 

އެއާއި ޚިލާފަށް ޒުވާބުކުރުން، އަމުރުކުރުން ފަދަ ކަންކަންކުރާނަމަ އެކަންވާނީ ދަރިންނަށް ދަސްކޮށް ދެވޭ ވަރަށް ނުބައި ފިލާވަޅަކަށެވެ. ދައްކައިދެވޭ ވަރަށް ނުބައި ނަމޫނާއަކަށެވެ. 

އިސްލާމް ދީނަށް އަމަލުކުރާ މުސްލިމް މައިންނަކީ ފިރިހެނުން ފަދައިން ބަންގިގޮވުމުން ޖަމާއަތަށް މިސްކިތަށް ނުދއަ ނަމަވެސް ބަންގި ގޮވުމުން ވީހައި އަވަހަކަށް ނަމާދުކުރަން ބޭނުންވާނެ ބައެކެވެ. ނަމާދުނުކުރެވޭހައި ހިނދަކު އެކަން ވާނީ އެމީހުންގެ ކޮނޑުގައި އެލިފައި އެލިފައި އޮންނަ ބޮޑު ބުރައެއް ފަދަ ކަމަކަށެވެ. 

މިކަން ފާހަގަކުރަން މިޖެހެނީ ކާން ހަދައި ނުދެވިއްޖެ ނަމަ އަންނާނެ ހަމަލާތަކަށް ބިރުން ނަމާދު ނުކޮށް މަޑުކުރަންޖެހޭ ނުވަތަ ތެޅި ފޮޅެ ގަނެ އަވަސްއަރުޥާލައިގެން ނަމާދުކުރަން ޖެހޭ މައިން މަދު ނޫން ވީމައެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އެކަނބަލުންނަށްވެސް ހަމަޖެހިލައިގެން ނަމާދުކުރުމުގެ ފުރުޞަތު ދިނުމަކީ ފިރިހެނުންގެ މައްޗަށް ވާޖިބެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން