މިއަދު އުފެދޭ ގިނަ މައްސަލަތަކުގެ ސަބަބަކީ ދާވޫދުގެފާނުގެ ދުޢާ ދޫކޮށްލުމެވެ! ގޮތްބަލަންވެސް ނިކަން ސާބިތުވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
މިއަދު އުފެދޭ ގިނަ މައްސަލަތަކުގެ ސަބަބަކީ ދާވޫދުގެފާނުގެ ދުޢާ ދޫކޮށްލުމެވެ! ގޮތްބަލަންވެސް ނިކަން ސާބިތުވެބަލަ!

މިއަދު މީހުން، މީހުންދެކެ ލޯބިވާ ސަބަބުތަކުގެ ލިސްޓުގެ އެންމެ މަތީގައި ހުންނަނީ ފައިސާވެރިކަމާއި ބާރުވެރިކަމާއި ނުފޫޒުގަދަކަމާއި އެމީހަކު ހުންނަ މަތީ މަޤާމާއި އެމީހެއްގެ ކިބައިން ތިމާއަށް ފައިދާކުރާނެ މިންވަރެވެ. 

ދަވޫދުގެފާނުގެ ދުޢާމުޅިންތަފާތެވެ! 

"ހައްދަވާ ގެންގުޅުއްވާ އިލާހް އެވެ! އިބަ ﷲ އާއި އިބަ ﷲ ދެކެ ލޯބިވާ މީސްތަކުންދެކެ ލޯބިވުމުގެ ތައުފީގް މިއަޅާ އަށް ދެއްވަވައިފާންދޭވެ. އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"

نْ أَبِي الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ مِنْ دُعَاءِ دَاوُدَ يَقُولُ 

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَالْعَمَلَ الَّذِي يُبَلِّغُنِي حُبَّكَ اللَّهُمَّ اجْعَلْ حُبَّكَ أَحَبَّ إِلَيَّ مِنْ نَفْسِي وَأَهْلِي وَمِنْ الْمَاءِ الْبَارِدِ

3490 سنن الترمذي كتاب الدعوات باب ما جاء في عقد التسبيح باليد

ދާވޫދުގެފާނުގެފާނު މިފަދައިން ދުޢާ ކުރެއްވެވިކަމަށް ޙަދީޘްފުޅުގައިވެއެވެ. (ތިރުމިޒީ- 3490)

މި ޙަދީޘްފުޅުން އެނގެނީ ﷲ ތަޢާލާ ދެކެ ލޯބިވާންޖެހޭނެ މިންވަރެވެ. އެކަމަށް އެދެން ޖެހޭނެ މިންވަރެވެ. "އަދި އިބަ ﷲ އަށް ލޯބިވުމަށް މަގުފަހިވާފަދަ ޢަމަލުތައް ކުރުމުގެ ތައުފީގް ދެއްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ އަމިއްލަ ނަފްސަށްވުރެ އަދި އަހްލުވެރިންނަށްވުރެ އަދި ފިނިފެނަށްވުރެ އިބަ ﷲ ދެކެވާ ލޯބި އިތުރުކޮށްދެއްވާފާންދޭވެ!"

އަދިހަމަ އެހެންމެ ﷲ ތަޢާލާ ދެކެ ލޯބިވާ މީސްތަކުން ދެކެ ލޯބިވުމަކީވެސް ކުރަންޖެހޭ ކަމެއް ކަމެވެ. މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭ މިންވަރެވެ. ލޯބިވާންވީ ﷲ ތަޢާލާ ދެކެ ލޯބިވާ ޟީޙުން ދެކެ ކަމެވެ. އެފަދަ މީހުން ދެކެ ލޯބިވުމަށް މަގުފަހިކުރައްވަވައި ދެއްވެވުން އެދިގެން ދުޢާކުރަން ޖެހޭނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން