ރެޑްވޭވުން ޓްރެޑްމިލް ގެ އައު ސްޓޮކެއް ބާޒާރަށްނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ރެޑްވޭވުން ޓްރެޑްމިލް ގެ އައު ސްޓޮކެއް ބާޒާރަށްނެރެފި

 ކޮވިޑްގެ ފުރަބަންދަށްފަހު ބޮޑު ތަރުހީބެއް ލިބިގެންދިޔަ ރެޑްވޭވް ގެ ދުވާމެޝިން ނުވަތަ ޓްރެޑްމިލް ގެ އައު ސްޓޮކެއް  ބާޒާރަށްނެރެފައިވާކަމަށް ރެޑްވޭވް އިން މައުލޫމާތު ދީފިއެވެ.

ރެޑްވޭވް އިން ބުނެފައިވަނީ އެފިހާރައިން ވިއްކި ޓްރެޑްމިލް ތައް ކޮވިޑްތެރޭ ހުސްވެގެންދިޔުމާއި އެކު ގިނަ އަދަދެއްގެ ކަސްޓަމަރުންތިބީ މުދާ އެނބުރި ލިބިގެންދާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި އަދި ގިނައަދަދެއްގެ ކަސްޓަމަރުންނެއް ވަނީ ޓްރެޑްމިލް އަށް ޕްރިއޯޑަރވެސް ކޮށްފައި ކަމަށެވެ.

ޓްރެޑްމިލް ގެ ތިން ސައިޒެއް މިފަހަރުވެސް ރެޑްވޭވް އިން ގެނެސްފައިވާ އިރު ރެޑްވޭވް މައުލޫމާތު ދީފައިވާގޮތުގައި އެކުންފުނިންބަލާފައިވަނީ ވީހާއެއްވެސް އަތްފޯރާފަށުގައި ޓްރެޑްމިލްގެ އަގުތައް ބެހެއްޓުމަށް ކަމަށެވެ. އަދި އަގަށް އައި ބަދަލާއި އެކު މިއީ އަދިވެސް ރާއްޖޭގެ މާރކެޓްގައި އެންމެ އެޔޮއަގުގައި ލިބިގެންދާ ޓްރެޑްމިލްގެ ރޭންޖުކަމުގައި ރެޑްވޭވުން ވަނީ ބުނެފައެވެ.  

މިއަދު އޮންލައިން