ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ ތަޅުދަނޑިއަކީ މާފުކުރުމާ އެކަކު އަނެކަކަށް ހެޔޮދުޢާކުރުން ގިނަކުރުމެވެ! މިދުޢާވެސް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ ތަޅުދަނޑިއަކީ މާފުކުރުމާ އެކަކު އަނެކަކަށް ހެޔޮދުޢާކުރުން ގިނަކުރުމެވެ! މިދުޢާވެސް ކުރާށެވެ!

މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. އެދޭ ކޮންމެ ކަމަކަށްވެސް ދުޢާކުރުން ގިނަކުރަންވީ އެހެންވެގެންނެވެ. އެގޮތުން ދެމަފިރިން އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ!  

އެކަންކުރެވޭނީ ދެމީހުންނަކީވެސް އެކަކު އަނެކަކަށް މާފުކުރުމުގެ ހިތްވަރު ހުރި ދެމީހުން ކަމުގައިވެގެންނެވެ. ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ ތަޅުދަނޑިއަކީ މާފުކުރުމާއި އެކަކު އަނެކަކަށް ހެޔޮދުޢާކުރުން ގިނަކުރުން ކަމަށް ބުނެވެނީ އެސަބަބަށްޓަކައެވެ.  

މާފުކުރުމަށްބަލައިފިނަމަ އެންމެ މުހިންމު ކަމަކީ ހުރިހާކަމެއް ފަޅާއަރައި ގޯހުން ގޯހަށް ދަންދެން މާފަށް އެދެން މަޑުނުކޮށް ކުށެއް ކުރެވުމުން އަވަހަށް މާފަށް އެދުމެވެ. އެހެން ބައެއްގެ ފަރާތުން ކަމެއް އެނގޭއިރު ލިބޭނީ އެންމެ ޞައްޙަ މައުލޫމާތެއްވެސް ނޫނެވެ. ނަތީޖާއަކަށްވެގެންދަނީ އުފެދޭ ނުތަނަވަސްކަން އިތުރު މައްސަލަ މާބޮޑަށް ހޫނުވުމެވެ. އެކަމުން ސަލާމަތްވެވޭނީ ކުށެއް ކުރެވުމުން ތެދަށް ބުނެ މާފަށް އެދުމުންނެވެ. 

އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ. ކުށެއް ނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. ވީމާ ކުށެއް ކުރެވުމަކީ ކަންބޮޑުވެ ފިލަން މަސައްކަތްކުރަންޖެހެންވީ ސަބަބެއް ނޫނެވެ. ކުށެއް ކުރެވުމުން މާފަށް އެދުމަށް އަވަސްވެ ގަތުމަކީ މައްސަލަ ޙައްލުވުން ފަސޭހަވެ އަދި ދެމަފިރިންގެ މެދުގައި އިތުބާރުވެސް ބޮޑުވާ ކަމެކެވެ. 

ދެމަފިރިން އެކަކު އަނެކަކަށްޓަކައި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! ޙަޔާތް އއުފާވެރިވެ ލޯބި އިތުރުވާނެއެވެ! އިން ޝާ ﷲ

الَّهُمَّ اغْفِرْ لِزَوْجَتِيْ

ޔާﷲ! މިއަޅާގެ އަނބި މީހާ އަށް ފާފަ ފުއްސަވާނދޭވެ 

الَّهُمَّ اغْفِرْ لِزَوْجِيْ

ޔާﷲ! މިއަޅާގެ ފިރި މީހާ އަށް ފާފަ ފުއްސަވާނދޭވެ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން