ދުޢާ ޢިޖާބަކުރައްވަވާނެ މަގު މިއޮތީ! - ލޮލުން ކަރުނަތިއްކެއް ވައްޓާލެވިއްޖެ ނަމަ އެދެވުނީ މަތީ ދަރަޖައަށް! ގެއްލެނިވެގެން ނުދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދުޢާ ޢިޖާބަކުރައްވަވާނެ މަގު މިއޮތީ! - ލޮލުން ކަރުނަތިއްކެއް ވައްޓާލެވިއްޖެ ނަމަ އެދެވުނީ މަތީ ދަރަޖައަށް! ގެއްލެނިވެގެން ނުދާނެ!: މުފްތީ މެންކް

ދުޢާކުރުން ގިނަކުރާށެވެ! ގިނަގިނައިން ދުޢާކުރާށެވެ! ގިނަގިނައިން ދުޢާކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

ދުޢާކުރުމުގައި ތަރުތީބުން ކަންކަން ކުރާށެވެ! ފުރަތަމަ ކަމަކަށް ﷲ އަށް ޙަމްދުކުރާށެވެ! ﷲ މަތިވެރިކުރާށެވެ! ދެވަނަ ކަމަކަށް ތމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވާށެވެ! ތިންވަނަކަމަށް ރަސޫލް (ޞޢވ) އަށް ޞަލަވާތްކިޔަވާށެވެ! ހަތަރުވަނަ ކަމަކަށް ތިމާއަށް ދަންނަވަން އެނގޭ އެންމެ ރިވެތި ޢިބާރާތުން ތިބާ އެދޭކަންކަމުގެ ވާހަކަތައް ދަންނަވާށެވެ. ކޮންމެ ބަހަކުން ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ. 

ދުޢާކުރަމުންދާއިރު ލޮލުން ކަރުނަ ތިއްކެއް، ދެތިއްކެއް ވަޢްޓައިލެވިއްޖެ ނަމަ އެދެވުނީ މަތީ ދަރަޖައަށެވެ! ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ވީމާ ކަމަކާއި ހުރެ ދެރަވެ ހިތާމަކޮށް ކަރުނަ އަޅައިފިނަމަ އެކަމަކީ ގެއްލެނިވެގެންދާނެ ކަމެއް ނޫނެވެ. 

ދުޢާކޮށް ނިންމާލަމުންވެސް ރަސޫލް (ޞޢވ) އަށް ޞަލަވާތްކިޔަވާށެވެ! އަދި ﷲ އަށް ޙަމްދުކުރާށެވެ. 

ދުޢާކުރުމަށްފަހު ހެޔޮ ޢަމަލެއް ކުރާށެވެ! ނަމާދެއް ކުރާށެވެ! ކިތަންމެ ކުޑަ ނަމަވެސް ޞަދަޤާތެއް ކުރާށެވެ! ދުޢާކުރަން އެންމެ މުހިންމު ވަގުތަކީ ރޭގަނޑުގެ ތިންބައިނަފަހު ބައެވެ. އެވަގުތު ހޭލައި ނަމާދުކޮށް ދުޢާކުރާށެވެ! 

ހަމަ އެއާއިއެކު ތިމާއަށް ފާފައެއް ކުރެވޭނަމަ އަވަހަށް އެކަންކުރުން ހުއްޓައިލާށެވެ! ﷲ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ދުރުހެލިވެހުންނާށެވެ! 

ދުޢާކުރާއިރު ދަންނަވަންވާނީ މިއަޅާ މިއެދޭކަމަކީ މިއަޅާއަށް ފައިދާހުރި ކަމެއް ނަމަ ހިންމަވައި ދެއްވެވުމަށެވެ. އެކަމަކީ ގެއްލުންހުރި ކަމެއްނަމަ ހިންމަވައި ނުދެއްވެވުމަށެވެ! އަދި ކޮންމެ ދުޢާއެއްގައި ވެސް ތިމާގެ ދަރަޖަ މަތިވެރިކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! 

ޙަދީޘްފުޅުން އެނގެން އޮތީ ދުޢާކުރުންމަތީގައި ތިބާ ހުރިހައި ދުވަހަކު ﷲ ތަޢާލާ ތިބާ ދޫނުކުރައްވަވާނ ކަމަށެވެ. ވީމާ މާޔޫސް ނުވެ ދުޢާކުރުންމަތީގައި ސާބިތުވެހުންނާށެވެ! 

ﷲ ތަޢާލާ އަޅަމެން އެންމެން ކުރާ ދުޢާ ޢިޖާބަކުރައްވަވާށި! އާމީން

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން