ފާހިޝް ޢަމަލުތަކަށް ދަރިފުޅުގެ ލޯހުޅުވުނީ މައިންބަފައިންގެ ފޯނުން ކަމަށްވެއްޖެ ނަމަ ﷲ އަށް ދައްކާނީ ކޮން މޫނެއް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ފާހިޝް ޢަމަލުތަކަށް ދަރިފުޅުގެ ލޯހުޅުވުނީ މައިންބަފައިންގެ ފޯނުން ކަމަށްވެއްޖެ ނަމަ ﷲ އަށް ދައްކާނީ ކޮން މޫނެއް؟: މުފްތީ މެންކް

ޤަބޫލު ކުރި ނަމަވެސް އަދި ނުކުރި ނަމަވެސް އަހަރެމެންނަށްވުރެ އަހަރެމެންގެ ފޯނަށް  އަހަރެމެންގެ 3 އަހަރުގެ ދަރިން ވެސް މިހާރު މާފަރިތައެވެ. މާ ކުޅަދާނައެވެ. އެކުދިންނަށް ފުރަތަމަ ބަރަހަނާ ސައޓުތަކަށް ވަންނަން ނުއެނގިދާނެއެވެ. ނަމަވެސް މައިންބަފައިން ވަދެފައި ހުންނަ ސައިޓުތަކަށް ވަނުމަކީ އަދި މައިންބަފައިން ށޭވްކޮށްފައި ހުންނަ ތަކެތި ހޯދައި ބެލުމަކީ އުނދުގޫކަމަކަށް މިއަދަކު ނުވެއެވެ. 

މި ޙަޤީޤަތް ޤަބޫލުކުރާށެވެ! މިއީ މެދުވެރިވަމުން އަންނަ މައްސލައެއްކަން އެނގެނީ ތިމާމެންގެ އެންމެ 3 އަހަރުގެ ދަރިފުޅު މަންމަ/ބައްޕަގެ ފޯނުން ބަރަހަނާ ފިލްމް ބެލުމުން ތައުބާވާނެގޮތާއިމެދު މައިންބަފައިން ސުވާލުކުރާތީއެވެ. މިއީ މިއަދު އަހަރެމެންގެ މެދުގައި ކަންކަން ހުރި ޙާލަތެވެ. މި ދައްކަނީ އެންމެ 3 އަހަރުގެ ތުއްތު ކުއްޖެއްގެ ވާހަކައެވެ. އޭނާގެ މަންމަ/ބައްޕަގެ ފޯނުން އަމިއްލައަށް ބަރަހަނާ ފިލްމުބެލުމުން މައިން ބަފައިން ތައުބާވުމުގެ ވާހަކައެވެ. 

ތައުބާވުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ އަހަރެމެންގެ ތެރެއިން އެއްވެސް މީހެއްގެ ފޯނުގައި އެފަދަ ކްލިޕެއް ސެވްކުރެވިފައި އިންނަމަ ވަގުތުން ޑިލީޓް ކުރުމެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވާ އެންމެން ﷲ ގަންދީ ގަންދީ ހުވާކުރަންވީ އެމީހެއްގެ ފޯނުގައި އެފަދަ ކްލިޕެއް އިންނަމަ ޑިލީޓް ކުރުމަށެވެ. އަދި އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށެވެ. ފޯނުން ވިއަސް އެހެން ގޮތަކުން ވިއަސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ނުކުރުމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިހިސާބަށް މިކަންކަން މިދިއައީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ކަންކަމުގައި މައިން ބަފައިންގެ ޒިންމާ ކޮބައިހެއްޔެވެ؟ އެބަ އަދާ ކުރެވޭ ހެއްޔެވެ؟ ކުއްޖާ އެ ފިލްމެއް އެބެލީ އަމިއްލައަށް ޑައުންލޯޑްވެސް ކޮށްގެން ހެއްޔެވެ؟ ނޫން ނަމަ ބެލީ ޑައުންލޯޑް ކޮށްފައި ހުރި ފިލްމުހެއްޔެވެ؟ މިހިރީ ހަމަ އުފެދޭ ސުވާލުތަކެވެ. 

ނިކަން ވިސްނައިބަލާށެވެ. އަހަރެމެންގެ ދަރިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު، ދީންވެރި ތަޤްވާވެރި، ﷲ ތަޢާލާއަށް ބިރުވެތިވާ ދަރިންނަށް ހަދަން ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު އަހަރެމެން އިޞްލާޙްނުވެ ދަރިން އިޞްލާޙްވުމަށް އެދުމަކީ ކޮންފަދަ ބޮޑު މޮޔަކަމެއް ހެއްޔެވެ؟ އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ނިކަން އަމިއްލައަށް ލަދުގެންބަލާށެވެ! ކުޑަކުދިން އީމޭލްކޮށްފައި އެބަ ސުވާލުކުރެއެވެ. އަހަރެންގެ މަންމަ ނޫނީ ބައްޕަ ފޯނުން ނޫނީ އެނޫންވެސް ޑީވައިސްއަކުން މިވެނި އެވެނި ޙަރާމް ކަންކަން އެބަ ކުރެއެވެ. އެކަންކަން ކުރާތަން ފެނުމުން މަންމަ/ބައްޕައިގެ މޫނުމަތީގާ އެތިފަހަރެއް ޖެހިއްޔާ އަހަރެން ފާފަވެރިވާނެ ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ! ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އެކުދިންގެ ހިތުގައި މައިންބަފައިންނަށް ލޯތްބާއި އިޙްތިރާމް އޮވެގެންނެވެ. އެ ލޯތްބާއި އިޙްތިރާމަ ނަގާލަނީ ހަމަ މައިންބަފައިންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން