މިއީ މާކުރީ ޒަމާނެއްގައި ހިނގައިދިއަ ކަމެއްގެ ވާހަކައެއް ނޫނެވެ. މިދިއަ އަރުގެ އެޕްރިލްމަހުގެ 15 ވަނަ ދުވަހު އެންމެންގެ ލޯތަކަށް މާތް ﷲ ދެއްކެވި ކަމެއްގެ ވާހަކައެވެ.
އެދުވަހު ކުރި އިސްތިސްޤާ ނަމާދަށްފަހު ކުރިދުޢާ 7 އުޑުމަތިން އަޑުއައްސަވައިވޮޑިގެންނެވި ކަމުގެ ހެކި ދެއްކެވިކަމުގެ ވާހަކައެވެ.
އިސްތިސްޤާ ނަމާދަށްފަހު އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރި ދުޢާ، 7 އުޑުމަތިން އަޑުއައްސަވައިވޮޑިގެންފިކަމުގެ ހެކި ދެއްކެވީ ވަގުތުންނެވެ! ހަމަ އެވަގުތު ވެއްސެވި ހިމަފޮދު ވާރެއިންނެވެ.
އެދުވަހު ލިޔުނު ޚަބަރުން:
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައިޚުގެ ގައިކޮޅުގައިވެސް ރަޙްމަތުގެ ވާރޭ ޖެހުނު ކަމަށެވެ. އަދި ބައެއް ރަށްރަށަށް ވާރޭ ވެހުނު ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޚުޠުބާގައި ކިޔާފައިވާ ފަދައިން މަސައްކަތް ކުރަންވީ އަމަލުތައް އިޞްލާޙް ކުރުމަށެވެ. ތަޤްވާވެރިކަން އިތުރުމަށެވެ. ކުރެވޭ ފާތަކުން ތައުބާވުމަށެވެ. އެފަދަ ފާފައެއް ދެން ނުކުރުމަށް އަޒުމް ކަނޑައެޅުމަށެވެ. ކީރިތި ޤްރްއާނުގައި ވަނީ "ރަށްތަކުގެ އަހުލުވެރިން، އީމާންވެ، ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންމާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވަވައިދެއްވެވީމުހެވެ."
ދެވަނަ ޚަބަރު:
އިސްތިސްޤާ ނަމާދުކޮށް ދުޢާކުރަމުން ދަނިކޮށް މާލެއަށް ވާރޭ ފޮދެއް ވެހިއްޖެ
އިސްތިސްޤާ ނަމާދުކޮށް ދުޢާކުރަމުން ދަނިކޮށް މާލެއަށް ވާރޭ ފޮދެއް ވެހިއްޖެ އެވެ.
މީޓިއޮރޮލޮޖީން ވަނީ މެންދުރު 12.54 ހައި އިރު ނާލެއަށް ވާރޭ ފޮދެއް ވެހުނުކަން ކަށަވަރުކޮށްދީފައެވެ. މީޓިއޮރޮލޮޖީން ބުނީ އެއީ އެ އެވަގުތު މާލެ މަތީގައި ހަދާލި ކުޑަ ވިލާކޮޅަކުން ވެހުނު ކެރިފޮދެއް ކަމަށެވެ.
މިއަދު މާލޭގައި ކުރި އިސްތިސްޤާ ނަމާދު އިމާމުވެ ކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއެވެ.
ހަމަ އެވަގުތު މާލޭގެ އިތުރުން ބައެއް ރަށް ރަށަށް ވެސް ވާރޭ ވެހުނެވެ. އެއިގ ތެރެއިން އެއްރަށަކީ ޅ. ނައިފަރެވެ.
ވީމާ ކުރިމަތިވެފައިމިވާ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ވެސް ދުޢާކުރުން ގިނަކުރުމަށް މިހާދިސާއިން ޢިބްރަތް ޙާޞިލުނުކުރަންވީ އެއްވެސް ސަބަބެއް ނެތެއް ނޫންތޯއެވެ؟
މިހާލަތުގއިވެސް ހަނދުމަކުރަން އޮތީ ހަމަ އެދުވަހުގެ ޚުޠުބާގައި ކިޔާފައިވާ ކަންކަމެވެ.
"ޚުޠުބާގައި ކިޔާފައިވާ ފަދައިން މަސައްކަތް ކުރަންވީ އަމަލުތައް އިޞްލާޙް ކުރުމަށެވެ. ތަޤްވާވެރިކަން އިތުރުމަށެވެ. ކުރެވޭ ފާތަކުން ތައުބާވުމަށެވެ. އެފަދަ ފާފައެއް ދެން ނުކުރުމަށް އަޒުމް ކަނޑައެޅުމަށެވެ. ކީރިތި ޤްރްއާނުގައި ވަނީ "ރަށްތަކުގެ އަހުލުވެރިން، އީމާންވެ، ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންމާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވަވައިދެއްވެވީމުހެވެ."