ޤަލާކުރަންޖެހޭ ރޯދަތައް ހިފައި އަވަހަށް ނިންމާށެވެ! މަރުވާނެ ވަގުތު ނޭނގޭއިރު ދަރަނި ބޮލުގަ އަޅައިގެން ނުހުންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޤަލާކުރަންޖެހޭ ރޯދަތައް ހިފައި އަވަހަށް ނިންމާށެވެ! މަރުވާނެ ވަގުތު ނޭނގޭއިރު ދަރަނި ބޮލުގަ އަޅައިގެން ނުހުންނާށެވެ!

ޤަޟާކުރަން ޖެހޭ ރޯދަ ހުރި ނަމަ އަވަހަށް އެ ރޯދަތައް ހިފައި ނިންމާށެވެ! މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. ނުހިފިހުއްޓައި މަރުވެއްޖެނަމަ އޮންނާނީ ޤިޔާމަތްދުވަހު އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައެވެ. 

ޤަޟާ ރޯދައަކީ ކޮންމެހެން ހިފަންޖެހޭ ވަރަށް މުހިންމު ރޯދައަކަށްވާއިރު ޤަޟާ ކުރަން ޖެހޭ ރޯދަ ހުރިނަމަ އެކަންކޮށް ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. މަޤްބޫލްއުޒުރެއް ނެތި މިއަހަރުގެ ޤަޟާކުރަންޖެހޭ ރޯދަ އަންނަ އަހަރަށް ފަސްކުރުމެއް ނެތެވެ. 

އިސްލާމް ދީނުގައި އަޅުކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ހައިޟުވެރިޔާއަށް، ޙައިޟުގެ ދުވަސްވަރު ނުކުރެވި ގެއްލޭ ނަމާދު ޤަޟާކުރުމެއް ނެތެވެ. ނަމަވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހެއެވެ. ވީމާ ހައިޟުގެ ދުވަސްވަރު ގެއްލޭ ނަމާދު ދަރަންޏަކަށް ނުވާއިރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހުމުން، ރޯދަ ޤަޟާކުރަން ދޭންޖެހޭ ސަމާލުކަން އެނގިގެންދެއެވެ. 

- މައުލޫމާތު އިސްލާމް އޮންލައިން

މިއަދު އޮންލައިން