އަނބިދަރިންނަށް ހަރުކަށި ނުބައި ބަސްތައް ބުނާ މީހުންނަށް ހިތްދަތިކަން އިޙްޞާޞްކުރަންޖެހުން ގިނަވާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަނބިދަރިންނަށް ހަރުކަށި ނުބައި ބަސްތައް ބުނާ މީހުންނަށް ހިތްދަތިކަން އިޙްޞާޞްކުރަންޖެހުން ގިނަވާ ސަބަބު!

ބައެއް މީހުން އެމީހުންގެ ބެލުމުގެދަށުގައިވާ އަނބިން، ދަރިން އިޞްލާޙްކުރުމުގެ ނުބައި ނުބައި ހަރުކަށި ބަސްތައް ބުނެއެވެ. އެފަދަ ބަސްތައް ބުނުމުން އެމީހުން އެވަގުތު ބިރުން ކިޔަމަންތެރިކަން ދައްކައިފާނެއެވެ. އަދި އެއީ ތިބާ ބުނި ބަސްތަކުން ތިބާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ތިބާއަށް ޤަބޫލުކުރެވިދާނެއެވެ. 

ޙަޤީޤަތް މުޅިން ތަފާތެވެ! ދުލުން ނުބައި ބަސްތައް ބުނުމުން އެއީ އަނބިދަރިން ނަމަވެސް އެމީހުންގެ ހިތުގައި އުފެދިގެންދާނީ ނަފްރަތާއި ރުޅިވެރިކަމެވެ. އެކަން ތިބާގެކިބައިން ތަކުރާރުވާނަމަ ހިތުގައި ހަސަދަވެރިކަން އުފެދި ތިބާގެ ކިބައިން ސަލާމަތްވެވޭނެ ފުރުޞަތަކަށް އުންމީދުކުރާނެއެވެ. އަދި ތިބާއަށް ބަދުދުޢާވެސް ކުރަންފަށާނެއެވެ. 

އެހާލަތުގައި ﷲ ތަޢާލާ އަށް އެމީހުން ކުރާ ދުޢާ އަށް އެއްވެސް ހުރަހެއް ނެތެވެ. އެހެނީ އެމީހުންނަކީ އަނިޔާލިބެމުންދާ ބައެކެވެ. އަނިޔާލިބެމުންދާ މީހުން ﷲ ތަޢާލާއަށްކުރާ އަށް އެއްވެސް ހުރަހެއް ނެތެވެ! ނުވެސް އެޅޭނެއެވެ. އަނިޔާލިބެމުންދާ މީހުން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. 

ދެން ތިބާއަށް ކުރިމަތިވާން ފަށައިފާނެ އެއްކަމަކީ ތިބާކުރާ މަސައްކަތުގައި ބަރަކާތް ކެނޑި ލިބޭ އާމްދަނީ މަދުވުމެވެ. އަނެއްކަމަކީ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ދުލުން ނުބައިބަސްތައް ބުނާ ގިނަ މީހުންނަށް ވަނީ މިފަދަ ކަންކަން ތަޖުރިބާކުރަން ޖެހިފައިކަން އެންމެންނަށްވެސް އެނގޭނެއެވެ. 

ކިތަންމެ ރަނގަޅަށް އުޅޭ މީހަކު ނަމަވެސް ބަލިވެދާނެއެވެ. ނަމަވެސް ދުލުން ނުބައިބަސްތައް އުޅޭ ހަރުކަށި ގިނަ މީހުންގެ ޢުމުރުގެފަހުކޮޅުގައި ކުރަންޖެހެނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއްކަން އެކަމަށް ވިސްނުމުން އެނގޭނެއެވެ. ވީއިއރު އެކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ! 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކަށް ހަރުކަށި، ނުބައި ބަސްތައް ނުބުނާށެވެ! އެކަން ﷲ ތަޢާލާ ވަނީ ނަހީކުރައްވަވައިފައެވެ. ޙަދީޘްފުޅުން އެނގެން އޮތީ އީމާންވެގެން ހުރި ހަމައެކަކުވެސް އެފަދަ ނުބައި ބަސްތައް ނުބުނާނެ ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން