މިހާރަކަށް އައިސް އެންމެ ބޮޮޑު އެއް މައްސަލަކަމަސްވެފައި މިއޮންނަނީ ފިރިހެނުން ފަދައިން މަސައްކަތްކުރަން ބޭރަށް ނުގޮސް ގޭގައި އަންހެނުން ތިބުމުގެ މައްސަލައެވެ. އެއިރުން އެކަނބަލުންގެ ޙައްޤުތަކުން އުނިވާކަމަށްބުނެ އުފުލާ އަޑުތަކެވެ.
މި މައްސަލައިގެ ޖަވާބަކަށް މި ޙަދީޘްފުޅު ނުފުދެނީތޯއެވެ!
އަންހެނަކު ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.
އެކަނބުލޭގެއަށް ރަސޫލް (ޞޢވ) ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."
މި ޙަދީޘްފުޅުން އެނގިގެން މިދަނީ އަންހެނުން ޖިހާދުކުރަން މައިދާނަށް ނުނުކުތް ނަމަވެސް، ޤަބުރުސްތާނަށް ގޮސް ޖަނާޒާތަކުގައި ބައިވެރި ނުވި ނަމަވެސް އެކަނބަލުން ގޭގައި ތިބީ ފިރިންގެ ޚިދުމަތުގައި ނަމަވެސް "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެ" ކަމެވެ.
(މިއީ އިއްޔެ މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމެއްގެ ބައެކެވެ. މިބައި ވަކިން މިގެނެސްދެނީ ބައެއް ކިޔުންތެރިން ކޮށްފައިވާ ސުވާލުތަކާއި ގުޅިގެން އިތުރަށް ހާމަކުރުމުގެ މުހިންމުކަން ބޮޑުވުމުންނެވެ.)