ރަސޫލް (ޞޢވ) ކަންކަމަށް އިސްކުރެއްވެވި އުސާމާ ބިން ޒައިދު، މުސްޢަބް ބިން ޢުމައިރު ފަދަ ޒުވާން ޞަޙާބީންގެ ވާހަކަ ދައްކާއިރު އެބޭކަލުންގެ ތަޤްވާވެރިކަމުގެ ވާހަކަ ނުދެއްކީމާ ޙަޤީޤަތް އޮޅެވެ. އެބޭކަލުންނަށް އެފަދަ މަތިވެރި ދަރަޖަ ދެއްވެވި ސަބަބުވެސް އޮޅިގެންދެއެވެ.
މުސްޢަބް ބިން ޢުމަރަކީ މަދީނާގައި އިސްލާމް ދީން ފެތުރުއްވެވި ކޮންފަދަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި ބޭކަލއްތޯއެވެ؟
މިއަދު ސަފީރުކަމަށް އިސްކުރެވޭ ޒުވާނުންނާއި މަތީ މަޤާމުތަކަށް ޢައްޔަނުކުރާ ޒުވާނުންގެ ތެރެއިން އެންމެ ކުޑަމިނުން ސަޖިދައެއް ކުރަނީ ކިތައް ޒުވާނުންތޯއެވެ؟ މަތީ މަޤާމެއް ލިބުމުން ހއެންމެ ކުޑަމިނުން ހުކުރު ކުރޭތޯއެވެ؟ ދުވަހަކު ސަޖިދައެއް ނުކުރާ ގިނަވަގުތު އަވާމެންދުރުގައި ތިބޭ ކިތައް ޒުވާނުން މަތީ މަޤާމުތަކަށް އިސްކޮށްފައި އެބަތިބިތޯއެވެ؟
އެންމެ ކުޑަމިނުން ކުރިއަށްލާފައި ކުރަން ޖެހޭ ސުވާލުތަކުގެ ތެރޭގައި ކީރިތި ޤުރުއާނުގައިވާ މިންވަރަށް އައުރަ ނިވާނުކުރާ ކިތައް އަންހެނުން މަތީ މަޤާމުތަކުގައި އެބަތިބިތޯ ވެސް ސުވާލުކުރަން ޖެހެއެވެ.
ރަސޫލް (ޞޢވ) އެބޭކަލުންގެ މަޝްވަރާ ހޯއްދެވި ޞަޙާބީންނަކީ ވެސް ކިހައި ތަްްވާވެރި، އިސްލާމް ދީނަށް ކޮންފަދަ މަތިވެރި މިންވަރަކަށް ނަޞްރު ދެއްވެވި ބޭކަލުންކަން ވެސް ހާމަކުރަން އެބަޖެހެއެވެ.
އިސްލާމް ދީނުގެ ވާހަކަތައް ބޭނުންކުރެވެން ޖެހޭނީ، މިށާލުތައް ޖަހަންވާނީ އދ އާއި ވެރިކަމުން ބޭނުންވާގޮތަށް ކަމުގައި ވެއްޖެނަމަ ދީނުގެ ޙަޤީޤަތް އެނގުމަށް ހުރަސްތައް އެލިގެންދާނެކަން ފާހަގަކުރެވެއެވެ.