އެހެން މީހަކަށް ހެޔޮކޮށް ހިތަން ލިބޭ ކޮންމެ ފުރުޞަތަކީ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެހެން މީހަކަށް ހެޔޮކޮށް ހިތަން ލިބޭ ކޮންމެ ފުރުޞަތަކީ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެއް!:  މުފްތީ މެންކް

ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް ކޮށްފިނަމަ އެކަން އެމީހަކަށް ލައްވަވާ ބޮޑު ރަޙްމަތެއްގެ ގޮތުގައި ކޮންމެވެސް ސިފައެއްގައި ތިމާ އާއި ދިމާއަށް އެނބުރިއަންނާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ. ތިބާ އެހީތެރިކަމަށް ބޭނުންވާ ވަގުތަކު ﷲ ތަޢާލާގެ ރަޙްމަތް ތިބާއަށް އެހީތެރިވާނެއެވެ. 

އެއިގެ އިތުރުން މީހަކަށް ކޮށްދެވޭ ކޮންމެ ހެޔޮ އަމަލަކީ ޞަދަޤާތެކެވެ. ވީމާ އެފަދަ ކޮންމެ ކަމެއް ކުރުމުން ތިބާގެ ހެޔޮ އަމަލުތައް ލިޔުއްވަވާ ފަތުގައި ލިޔުއްވަވާނެއެވެ. ތިލަފަތުގައި ތިބާގެ ހެޔޮ އަމަލުތައް ބަރުވެގެންދާނެއެވެ. 

އޯގާތެރިވާން، ހެޔޮ އަމަލެއް ކުރަން ލިބޭ ކިތަންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެއީ މީހަކު އަތުން ބިންމައްޗަށް ވެއްޓޭ އެއްޗެއް ނަގައިދިނުން ފަދަ ކިތަންމެ ކުޑަ ކަމެއް ކަމުގައިވީނަމަވެސްމެއެވެ. މަގެއްގެ މަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އޮންނަ އެއްޗެއް އެއްކައިރިކޮށްލުން ފަދަ ކަމެއް ނަމަވެސްމެއެވެ. 

މުސްލިމުން އަބަދުވެސް ތިބެންޖެހޭނީ އެހެން މީހަކަށް ނުވަތަ ބައަކަށް ހެޔޮ ކަމެއް ކޮށްދެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. އެފަދަ ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނު ނަމަވެސް ބޭނުން ހިފަން އަވަސްވެގަންނަންވާނެއެވެ. ވިސްނަންވީ ކަމެއް ކޮށްދިނުމުން އެމީހާ ޝުކުރުވެރިވާނެ ކަމަކަށް ނޫނެވެ. މަސައްކަތްކުރަންވީ ކުރެވޭ ހެޔޮ އަމަލުތައް ގިނަކޮށް ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ބުރަވާނެ ކަންކަން ވީހައި ގިނައިން ކުރުމަށެވެ. ސުވަރުގެ ލިބުމަށް މަގުފަހިވާނީ އެއިރުންނެވެ!

- މުފްތީ މެންކް

މިއަދު އޮންލައިން