ރިޒްޤް ހޯދަން ދޮގުބުނި ޒުވާނާއަށް ކާން ނުލިބުނުގޮތުގެ ވާހަކަ!: އިމާމް މާޒިން ޢާދިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރިޒްޤް ހޯދަން ދޮގުބުނި ޒުވާނާއަށް ކާން ނުލިބުނުގޮތުގެ ވާހަކަ!: އިމާމް މާޒިން ޢާދިލް

ދުނިޔެ އުފެއްދެވުމުގެ 50000 އަހަރުކުރިން އަހަރެމެންނަށް ދެއްވަވާނެ ރިޒްޤް ﷲ ތަޢާލާ ވަނީ ލިޔުއްވަވައިފައެވެ. އެ ރިޒްޤް އަހަރެމެންނަށް ދެއްވަވާނެއެވެ. ހޯދަން މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. މިކިޔައިދޭ ކުރު ވާހަކަކޮޅުންވެސް އެކަން އެނގިގެންދެއެވެ.

މިއަދުގެ ދަރުސް ފަށާނީ މުޙައްމަދު ކިޔާ ދެ ޒުވާނެއްގެ ވާހަކައިންނެވެ. 

ނަމަކަށް މުޙައްމަދު ކިޔާ ދެ ޒުވާނުން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެއެވެ. ކާނެ އެއްޗެއް ލިބޭނެ ގޮތެއް ނުވިއެވެ. އެކަމަށް ވިސްނަމުން ގޮސް އެކަކު ބުންޏެވެ. "މިއަދަކީ އާދިއްތަ ދުވަހެކެވެ. ކްރިސްޓިއަނުންގެ ބޮޑު ދުވަހެކެވެ. ފައްޅިއަކަށް ހިނގާށެވެ. ފަހަރެއްގައި ކާންދީފާނެއެވެ." 

އެކަކު ބުނީ ފައްޅިއަށް ގޮސް އޭނާ ބުނާނީ އޭނާގެ ނަމަކީ ޖޯޖް ކަމަށެވެ. އަދި ދާނީ ކްރިސްޓިއަނެއްކަން ދެއްކެންވެގެން އަތުގައި ޞަލީބެއް ކުރަހައިގެން ކަމަށެވެ. ދެވަނަ މުހައްމަދު ބުނީ އެއީ ބޭނުން ކަމެއް ނޫން ކަމަށެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ ރިޒްޤް ދެއްވަވާނެ ކަމަށެވެ. 

ދެމީހުން މަޝްވަރާ ކުރުމަށްފަހު ފައްޅިއަށް ދިއައެވެ. އަދި ޕްރީސްޓާއި ބައްދަލުކޮށް ކާނެ އެއްޗެއް ބޭނުން ކަމަށް ބުންޏެވެ. ޕްރީސްޓް ސުވާލުކުރުމުން އެކަކު ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި ނަމަކަށް ކިޔަނީ މުޙައްމަދު ކަމަށެވެ. ޕްރީސްޓް ބުނީ ބަދިގެއަށް ގޮސް ކެއުމަށެވެ. 

ދެވަނަ މުޙައްމަދު އޭނާއަކީ ޖޯޖް ކިޔާ ކްރިސްޓިއަނެއް ކަމަށް ބުނެ ޞަލީބް ދެއްކުމުން ބުނީ މިއަދަކީ ކްރިސްޓިއަނުން ކައިއުޅޭ ދުވަހެއް ނޫން ކަމަށާއި ކާން ލިބޭނީ 5 ގަޑިއިރު ފަހުން ކަމަށެވެ."

- އިމާމް މާޒިން ޢާދިލް

މިއަދު އޮންލައިން