ރާއްޖޭގަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅަން ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރާއްޖޭގަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅަން ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވައިފި!

ރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނުގައިވާގޮތުގެމަތިން ފިޔަވަޅުއަޅަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވާ ގޮވާލެއްވުން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

"ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން މަނާކޮށްފައިވާކަމެކެވެ! މިފަދަ ކަންކަން ހިނގާނަމަ އެކަންކަން ހުއްޓުވުމަށް ޤާނޫނުތަކުގައި ބަޔާންވެގެންވާ ގޮތަށް ފިޔަވަޅުއެޅުމަކީ ކަމާ ބެހޭ އިދާރާތަކުން ކުރަންޖެހޭކަމެކެވެ!"—ޑރ. ޝަހީމް

ޑރ. ޝަހީމް މިމޭރުމުން ގޮވާލައްވާފައިވާއިރު އެމްޑީއެން އިން ނެރުނު ލާދީނީ ބަޔާނަށް ހިތްވަރުދީ ހަމަ އެފަދަ ބަޔާނެއް ނެރުނު ލާދީނިއްޔަތު ފަތުރަން އުތުރި އަރާފައިވާ އުތެމަ ޖަމިއްޔާއިން ނެރުނު ބަޔާނުގެ މައްސަލަ ޖޫން މަހުގެ 20 ވަނަ ދުވަހު ފުލުހުން ބަލައިގެންފައިވީނަމަވެސް މިއަދާއި ހަމައަށްވެސް މައްސަލަ ހުށަހެޅިފަރާތަށް އެއްވެސް ޖަވާބެއްވެސް ދީފައިނުވާކަން ފާހަގަކުރެވެއެވެ.

 

 

މިއަދު އޮންލައިން