ތިބާއަކީ އެހެން އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ގަދަފަދަ މީހާކަމުގައިވާން ބޭނުންހެއްޔެވެ؟ އެކަމަށް އޮތް އެންމެ ފަސޭހަމަގު މިބުނެދެނީއެވެ.
ދުނިޔޭގައި ހުރިހާ ހިނދަކު ތިމާއަށް ﷲ ދެއްވަވަމުން ގެންދަވާ ކުދި ބޮޑު ހުރިހާ ނިޢްމަތްތައް ފާހަގަކޮށް އެއްވެސް އިމެއް އަދަދެއްނެތި ވީހައި ގިނައިން، ވީހައި ބޮޑަށް ﷲ އަށް ޝުކުރުވެރިވުންމަތީގައި ސާބިތުވެ ހުންނާށެވެ!
ދުނިޔޭގައި ހުންނަން ލިބޭ ކޮންމެ ހިނދުކޮޅަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ވަގުތުން ފެށިގެން އެފުރުޞަތު ގެއްލި ދޮރުތައް ބަންދުވެގެންދާނެއެވެ. ވީމާ އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރާށެވެ!
ﷲ އަށް ޙަމްދުކޮށް، ޝުކުރުކޮށް ވަކީލުކޮށްގެން ހުންނަ މީހަކަށް ދެރައެއް ދެވޭނެ އެއްވެސް މީހަކު ނުވެއެވެ. ވީމާ އެމހާ ވާނީ އެންމެ ގަދަފަދަ މީހަކުކަމުގައެވެ. ﷲ ތަޢާލާގެ އެ އަޅާގެ ދުޢާ ޢިޖާބަކުރައްވަވައި ދެއްވަވާނެތެވެ! އެއްވެސް އިމެއް ނެތި އެކަލާނގެ ރަޙްމަތް އޮއްސަވަމުން ގެންދަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެދަރުސަކުން