އުޚުތަކު ބުރުގާ އަޅައިފިނަމަ އަތުގައި ހުންނަ އޭނާގެ ކުރީގެ ފޮޓޯޓައް ޑިލީޓްކޮށްލަ ދިނުމަކީވެސް ޘަވާބުލިބެނިވި ޢަމަލެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުޚުތަކު ބުރުގާ އަޅައިފިނަމަ އަތުގައި ހުންނަ އޭނާގެ ކުރީގެ ފޮޓޯޓައް ޑިލީޓްކޮށްލަ ދިނުމަކީވެސް ޘަވާބުލިބެނިވި ޢަމަލެކެވެ!

މިހާރަކަށް އައިސް ފޮޓޯތައް ހުންނަނީ ހަމައެކަނި އެމީހާގެ އަތަކު ނޫނެވެ. ގިނަ ބައެއްގެ އަތުގައި ހުރެއެވެ. ގިނަ ބައެއްގެ ސޯޝަލް މީޑިއާގައިވެސް ހުރެއެވެ. ޚާއްޞަކޮށް ގާތް އެކުވެރިންގެއެވެ. 

ވީމާ އުޚްތަކު ބުރުގާ ނުވަތަ މޫނު ބުރުގާ އަޅައިފިނަމަ އަތުގައި ހުންނަ އޭނާގެ ކުރީގެ ފޮޓޯތައް ޑިލީޓްކޮށްލައިދޭންވާނެއެވެ. ސޯޝަލް މީޑިއާގައި ހުރިނަމަވެސް ރިމޫވްކޮށްލައިދޭންވާނެއެވެ. އިން ޝާ ﷲ. އެއީ ޘަވާބު ލިބެނިވި ޢަމަލެކެވެ. 

ބުރުގާ ނުއަޅައި އޭނާއަށް އެހުރެވުނީ އެކަމުގެ މުހިންމުކަމާއި އެއީ ކުރަންޖެހޭ ކަމެއްކަން އޭނާއަށް ކުރިން ނުވިސްނޭތީއެވެ. އެކަން ޤަބޫލުކުރެވުމުން އިޞްލާޙްވިކަމަށްޓަކައި އުފާކުރަންޖެހޭނެއެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެކުރި ހެޔޮ އަމަލަށް ހިތްވަރުދީ ތަޢްރީފްކުރަންވާނެއެވެ. 

މުސްލިމުންނަށް އޮތީ އަނެކާގެ ޢައިބުތައް ފޮރުވައިދިނުމެވެ. ހާމަކޮށް ފަޟީޙަތްކުރުމެއް ނޫނެވެ. އެއީ ކިހައިމަތިވެރި ޢަމަލެއްކަން އެނގޭ ހެއްޔެވެ؟ މުސްލިމެއްގެ ޢައިބެއް ފޮރުވައިދިނުމަކީ ތިބާގެ ޢައިބުތައް ﷲ ފޮރުއްވަވައި ދެއްވާނެ ކަމެކެވެ. މިއީ ކޮންފަދަ ަމތިވެރި ނިޢްމަތެއްހެއްޔެވެ؟ 

މިކަމުގައި އެންމެ މުހިންމީ ބުރުގާއެޅުމަށްފަހު އަތުގައިހުންނަ ކުރީގެ ފޮޓޯތައް އެމީހަކުވެސް އެހެން މީހުންނަށް ނުފެންނާނެ ގޮތް ހެދުމެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެން މީހުންނަށް އެކަންކުރަން ހިތްވަރުލިބޭނީވެސް އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން